އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 11/04/2020

ސެޕްޓެމްބަރު ހިސާބުގައި ކޮރޯނާވައިރަސް ވެކްސިނެއް ނެރެވޭނެ- އޮކްސްފޯޑު

އެޓީމުން ކުރަމުންދާ މި މަސައްކަތް ކާމިޔާބުވާނޭކަމުގެ 80 އިންސައްތަ ޔަގީންކަން މިހާރުވެސް އެބައޮތެވެ. 
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 11/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިއަހަރުގެ ސެޕްޓެމްބަރު ހިސާބަށް ކޮރޯނާވައިރަސް ވެކްސިން ތައްޔާރުވާނޭ ކަމުގެ ޔަގީންކަން އޮކްސްފޯޑު ޔުނިވަރސިޓީގެ ޕްރޮފެސަރުން ދީފިއެވެ.

އެ ޔުނިވަރސިޓީގެ ވެކްސިނޮލޮޖީ ޕްރޮފިސަރެއްކަމަށްވާ ސާރާ ގިލްބާރޓް އާއި އޭނާގެ ޓީމުން ދަނީ ދުނިޔޭގައި ހަލުވި ސްޕީޑެއްގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހާއި ދެކޮޅަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ސާރާވަނީ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ނެތެމުންދާ އިންސާނީ ނަސްލުތައް ސަލާމަތްކުރެވޭ ވަރުގެ ވެކްސިނެއް ތައްޔާރުކުރަން ފަށާނޭކަމުގެ ޔަގީންކަން ދީފަ އެވެ.

އޭނާ ބުނިގޮތުގައި ވެކްސިން ތައްޔާރުކުރުމަށް މިހާރު ފުރިހަމަވެފައިވާ ކަންކަމަށް ބަލާއިރު، އެޓީމުން ކުރަމުންދާ މި މަސައްކަތް ކާމިޔާބުވާނޭކަމުގެ 80 އިންސައްތަ ޔަގީންކަން މިހާރުވެސް އެބައޮތެވެ. 

އެހެންނަމަވެސް ވެކްސިން އުފައްދާ ގިނަ އިންޑަސްޓްރީތަކުގެ މާހިރުން ބުނެފައިވާ ގޮތުގައި އެންމެ އަވަހަށްވެސް ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދުމަށް 18 މަސްދުވަސް ހޭދަވާނެއެވެ.

ޑރ. ގިލްބާރޓް ބުނިގޮތުގައި ލޮކްޑައުން ނުކުރާ ސަރަހައްދުތަކަށްވުރެ ލޮކްޑައުން ކޮށްފައިވާ ސަރަހައްދުތަކުން ވޮލިންޓިއަރުން ހޯދުމުން ކުރާ މަސައްކަތުގައި ޔަގީންކަން އިތުރުވެ، އަދި ވަގުތުވެސް ސަލާމަތްވެއެވެ.

އަދި މިއަހަރުގެ ސެޕްޓެމްބަރު ހިސާބަށް ވެކްސިން ތައްޔާރުވާނޭކަމަށާއި، ނަމަވެސް ޔަގީންވުމުގެ ކުރިއަށް ވެކްސިން އުފެއްދުމަށް ސަރުކާރުން ތައްޔާރުވާންޖެހޭނެ ކަމަށް ޑރ. ގިލްބާރޓް ވަނީ ބުނެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ