އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 10/04/2020

ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ލައްކަ އަކަށް އަރައިފި

ކޮވިޑް-19 ގެ ސަބަބުން މަރުވި މީހުންގެ އަދަދު ލައްކަ އަކާއި އަރާ ހަމަކޮށްފައި ވަނީ މިރޭގެ ވަގުތެއްގަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 10/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 ޖެހިގެން ދުނިޔެއިން މިހާތަނަށް މަރުވި މީހުންގެ އަދަދު ލައްކައަކަށް އަރައިފި އެވެ. މިއަދަދު ލައްކަ އަކާއި އަރާ ހަމަކޮށްފައި ވަނީ މިރޭގެ ވަގުތެއްގަ އެވެ.

މީގެއިތުރުން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 1.6 މިލިޔަނަށް އަރާފައެވެ. އަދި އޭގެތެރެއިން 369،000 މީހުން ވަނީ ބަލިން ރަނގަޅުވެގެން އަނބުރާ މުޖުތަމައުއަށް ނުކުމެފަ އެވެ.

ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ލައްކައަކަށް އެރިއިރު، އެމެރިކާއިން އެކަނިވެސް ވަނީ މި ވައިރަސް ޖެހިގެން 17،000އަށް އަރާފައެވެ. އަދި 477،000 އަށްވުރެ ގިނަ މީހުން ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ.

ކޯވިޑް-19 ޖެހިގެން މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައި ވަނީ އިޓަލީ، ސްޕެއިން، ޖަރުމަނު، ފްރާންސް، ޗައިނާ، އީރާން، ޔޫކޭ އާއި ތުރުކީގެ އިތުރުން އެމެރިކާއިންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ