އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 10/04/2020

މެލޭޝިޔާގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދިވެހި މީހާ ބަލިން ރަނގަޅު ވެއްޖެ

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސްގެ ތެރެއިން
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 10/04/2020

COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މެލޭޝިޔާގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދިވެހި މީހާ ބަލިން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

މިކަން އިއުލާނުކުރައްވާ މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ޑރ. ނަޒްލާ ރަފީޤް ވިދާޅުވެފައިވަނީ އެމީހާ ދެނެގަނެވިފައިވާ ކަމަށެވެ. އަދި މެލޭޝިޔާއިން ރާއްޖެއަށް އައި ދިވެހިންގެ ތެރެއިން އެމީހަކާ ކޮންޓެކްޓްވެފައިވާ މީހުން ހޯދަމުމަށްޓަކައި ކޮންޓެކްޓް ޓްރޭސިންގް ގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. 

މި މީހާ ޕޮޒިޓިވް ވެފައިވާކަމަށް މެލޭޝިޔާ ސަރުކާރުން އިއުލާނުކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. 

މީގެ ކުރިން މެލޭޝިޔާ ސަރުކާރުން ވަނީ އެގައުމުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވާ އެހެނިހެން ގައުމުތަކުގެ މީހުންނަށް ހިލޭ ފަރުވާ ދޭނެކަމަށް ބެނފައެވެ.

މެލޭޝިޔާގައި މިހާތަނަށް 4،346 މީހުން މިބައްޔަށް ޕޮޒޓިވް ވެފައިވާ އިރު އޭގެ ތެރެއިން 70 މީހުން ވަނީ މަރުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ