އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 10/04/2020

ސިއްހީ ނުރައްކަލުގެ ހާލަތު އަދިވެސް އެބައޮތް: ހެލްތު މިނިސްޓްރީ

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސްގެ ތެރެއިން
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 10/04/2020

ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތަށް ބަދަލެއް ގެނެސްފައި ނުވާކަމަށް ހެލްތް މިނިސްޓްރީ އިން ބުނެފި އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރީ މި ހާލަތު އިތުރު ދެމިއޮތުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެނިވަޑައިގަތުމުން ކަމަށެވެ.

ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަކަށެވެ. އެހެންނަމަވެސް ދެވަނަ ފަހަރަށް މި މުއްދަތު އިތުރުކޮށްފައިވާ މުއްދަތެއް ނަޒްލާ ވިދާޅެއް ނުވެއެވެ.

ރާއްޖެއިން މި ދޭތެރެއިން ކައިރި ކައިރިން ވަނީ ހަތަރު ދިވެއްސަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެހެންނަމަވެސް އޭގެފަހުން މީހަކު އަދި މި ބައްޔަށް ޕޮޒިޓިވްވެފައެއް ނުވެއެވެ.

މީގެއިތުރުން ސަރުކާރުން ވަނީ ރާއްޖޭގައި އެއް ހަފްތާއަށް އިއުލާންކޮށްފައިވާ ކާފިއު އުވާލާފާއެވެ. ނަމަވެސް އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އުޅުންފަދަ ކަންކަން އަދިވެސް އޮތީ މަނާކޮށްފައެވެ.

މިހާތަނަށް ރާއްޖެއިންވަނީ ކޯވިޑް-19 ގެ ޖުމްލަ 19 ކޭސް ފެނިފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ