އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 09/04/2020

ރާއްޖެއަށް 70އަށްވުރެ ގިނަ ސިއްހީ އެހީތެރިން އަތުވެއްޖެ

މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ޕްރެސް ކޮންފަރެންސްގެ ތެރެއިން
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 09/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި މަސައްކަތްކުރާ ސިއްހީ އެހީތެރިންނަށް އެހީތެރިވުމަށްޓަކައި އެކ ޤައުމުތަކުގައި ތިބި ދިވެހި 70އަށްވުރެ ގިނަ ސިއްހީ އެހީތެރިން ރާއްޖެ އަތުވެއްޖެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޯވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށްޓަކައި މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ރާއްޖެއިން ބޭރަށް ސިއްހީ ދާއިރާއިން ތައުލީމާއި މަތީ ތައުލީމު ހާސިލްކުރަން ގޮސްތިބި ފަރާތްތަކުގެ ތެރެއިން މިހާތަނަށް 70އަށްވުރެ ގިނަ ފަރާތްތައް ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި އޭގެތެރެއިން ގިނަ ބަޔަކު ކަރަންޓީނު ފުރިހަމަކޮށްފައިވާ ކަމަށް އަމީންވަނި ވިދާޅުވެފަ އެވެ.

މިނިސްޓަރ ވިދާޅުވީ އަދިވެސް ރާއްޖެއަށް އަންނަން ބޭނުންވާ ގިނަ ސިއްހީ އެހީތެރިންތަކެއް ގިނަ ޤައުމުތަކެއްގައި ތާށިވެފައި ތިބި ކަމަށެވެ. އަދި އެމީހުން ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަމަށް އަމީން ވަނީ ވިދާޅުވެފަ އެވެ.

ހަމައެހެންމެ ރާއްޖެއަށް ބަލިފެތުރޭ ހާލަތެއްގައި އެންމެ ބޮޑަށް ބޭނުންވާނީ ސިއްހީ އެހީތެރިންކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ