އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 06/04/2020

އާއްމުންގެ ތެރޭގައި ކޯވިޑް-19 ފެތުރިފައިވޭތޯ ޔަގީންކުރުމަށް ރާއްޖޭގެ ޑޮކްޓަރުން ދިރާސާއެއް ހަދަނީ

މިރޭ ދަރުބާރުގޭގައި ކުރިއަށް ދިޔަ ޕްރެސް ކޮންފަރެންސްގެ ތެރެއިން (ފޮޓޯ: ވަން އޮންލައިން)
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 06/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭއިން ވެސް ކޯވިޑް-19ގެ ކޭސްތައް ފެންނަމުންދާތީވެ، އެކަމާއި ގުޅިގެން އާންމުންގެ ތެރޭގައި ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 ފެތުރިފައިވޭތޯ ޔަގީންކުރުމަށް ދިރާސާއެއް ހަދަމުންދާކަމަށް ޑރ. ނަޒްލާ ރަފީޤު ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މި ދޭތެރެއަކުން ފްލޫ ކްލިނިކަށް ދިޔަ ބައެއް މީހުންގެ ސާމްޕަލްތައް ނަގައިގެން ވެސް މުޖުތަމައު ތެރޭގައި މިވައިރަސް ފެތުރެމުންދޭތޯ ބެލުމަށް ޓެސްޓް ކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް މިހާތަނަށް އައިއިރު އާންމުން ދިރިއުޅޭ މުޖުތަމައެއްގެ ތެރެއިން ކޯވިޑް-19 ފެތުރުމުގެ އަލާމާތެއް ފެނިފައި ނުވާކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

ޑރ. ނަޒްލާ ވިދާޅުވީ އާންމުންގެ ތެރޭގައި ވައިރަސް ފެތުރޭތޯ ބެލުމަށްޓަކައި ހެދުމަށް މަސައްކަތް ކުރަމުންދާ މި ދިރާސާގައި މިހާރު ކުރަމުންދާ މަސައްކަތަކީ ސާމްޕަލް ނަގާނެ ފަރާތްތަކާއި، ސާމްޕަލް ނަގާނެގޮތާއި އަދި ނަގާނެ އަދަދުތައް ފަދަ ކަންކަން ކަނޑައެޅުން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ  ވަރަށް އަވަހަށް އަޅުގަނޑުމެން ކޮމިއުނިޓީ ސްޕްރެޑް ނެތްތޯ ޔަގީންކުރަން ސްޓަޑީއެއް ތައްޔާރުކުރާނަން." ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މި ދިރާސާއަށްފަހު އާންމުންގެ ތެރޭގައި ވައިރަސް ފެތުރޭކަން ޔަގީންވެއްޖެނަމަ، ސަރުކާރުން މިހާރު ނަގާފައި ހުރި ފިޔަވަޅުތައް އަނބުރާ ނަގައިގެން ބަލި ފެތުރިދާނެ މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރެވޭނެކަމަށެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ