އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 06/04/2020

އާއްމު ހާލަތަށް އަނބުރާދެވޭނީ، ދެމުންދާ އިރުޝާދުތަކަށް އަމަލުކޮށްގެން

މިރޭ ދަރުބާރުގޭގައި ކުރިއަށް ދިޔަ ޕްރެސް ކޮންފަރެންސްގެ ތެރެއިން
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 06/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19 ހުއްޓުވި އާންމު ހާލަތަކަށް ރުޖޫޢަވެވޭނީ، ސިއްހީ އެހީތެރިން ދެމުންދާ އިރުޝާދުތަކަށް އެންމެންވެސް އަމަލުކޮށްގެން ކަމަށް ޑރ. ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.

ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ސިއްހީ މާހިރުން ދެމުންދާ އިރުޝާދުތަކަށް އަދިވެސް ބައެއް މީހުން އަމަލުކުރަމުން ނުދާކަން ފާހަގަ ކުރައްވާފަ އެވެ.

އެގޮތުން ޑރ. ނަޒްލާ ވިދާޅުވީ އިޖުތިމާއީ ގައިދުރުކަން ބެހެއްޓޭނެގޮތަށް ގިނަ ތަންތަނުގައި އިންތިޒާމްކޮށްފައި ހުރި ނަމަވެސް، އަދިވެސް ބައެއް މީހުން އެ އިރުޝާދުތަކަށް އަމަލު ނުކުރާށެވެ.

"އެއްކޮށް ޖަހާފައި ހުންނަ ގޮނޑިތަކުގައި ވަކިވަކިން ގޮނޑިދުރުކޮށް، ގޮނޑީގައި ނުއިށީނުމަށް އެދި އެއްޗެއް ތަތްކޮށްފައި ހުންނަ ގޮނޑިތަކުގައިވެސް ބައެއް މީހުން އިށީންދެގެން އެބަތިބި."

ޑރ. ނަޒްލާ ވިދާޅުވީ އެބޭފުޅުން މިހާރު މަސައްކަތް ކުރައްވަމުންދަނީ ގިނަ ކަންކަމެއް ހުޓުވައި އަދި ގިނަ ބަޔަކަށް އެކަމުން ދަތިވާނޭ ގޮތަށް ކަމަށެވެ. އެހެންނަމަވެސް މި އިރުޝާދުތަކަށް އެއްބަޔަކު އަމަލު ކުރިނަމަވެސް، އެންމެން އަމަލުނުކުރާނަމަ އެކަމުގެ ނަތީޖާ ނުފެންނާނޭ ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފަ އެވެ.

ހަމައެހެންމެ، ގައިދުރުކަން ބެހެއްޓުމާއި، އަދި ގިނަގިނައިން އަތްދޮވުމަކީ ކޯވިޑް-19ގެ އިތުރުން ކުރިއަށް އޮތްތަނުގައި އިންފުލުއެންޒާ ފަދަ ބަލިތަކުން ރައްކާތެރިކޮށްދޭނޭ ކަމެއްގެ ގޮތުގައި ޑރ. ނަޒްލާ ވަނީ ފާހަގަކުރައްވާފަ އެވެ.

ރާއްޖެއިން މިހާތަނަށް ވަނީ 19 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭގެތެރޭގައި 4 ދިވެހިން ހިމެނޭއިރު، މި ހަތަރު މީހުން ފިޔަވައި އެންމެން ވަނީ ބަލިން ރަނގަޅުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ