އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 04/04/2020

އައިޖީއެމްއެޗްގައި ފްލޫ ކްލިނިކެއް ޤާއިމްކޮށްފި

އައިޖީއެމްއެޗުން ބުނިގޮތުގައި މި ކްލިނިކުން ހިދުމަތްދެމުން ގެންދާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 04/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19 އާއި ގުޅިގެން އައިޖީއެމްއެޗްގައި ހިދުމަތްދެމުން ގެންދިޔަ ޓްރެވެލާސް ކްލިނިކް، ފްލޫ ކްލިނިކަކަށް ބަދަލުކޮށް ހިދުމަތްދޭން ފަށައިފި އެވެ.

އައިޖީއެމްއެޗުން ބުނިގޮތުގައި މި ކްލިނިކުން ހިދުމަތްދެމުން ގެންދާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށެވެ. އަދި ދިވެހިންގެ އިތުރުން ބިދޭސީންނަށްވެސް މި ކްލިނިކުން ހިދުމަތް ފޯރުކޮށްދޭނެކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ވަނީ ފްލޫ ކްލިނިކްތައް ހުޅުވާފައެވެ. އެގޮތުން ދަރުމަވަންތަ  ހޮސްޕިޓަލްގައި މިއަދުވަނީ ޖެނެރަލް މެޑިކަލް ކްލިނިކެއްވެސް ހުޅުވާފައެވެ.

މާލޭ ސަރަހައްދުގައި މިޙާރު ޖުމްލަ 5 ފްލޫ ކްލިނިކް ވަނީ ޤާއިމްކޮށްފަ އެވެ. އެއީ އައިޖީއެމްއެޗްގައި ޤާއިމްކުރި ފްލޫ ކްލިނިކް އާއި، ސެނަހިޔާ ފްލޫ ކްލިނިކް، އެކްސްޕެޓް ފްލޫ ކްލިނިކް، އޭޑީކޭ އޮންލައިން ފްލޫ ކްލިނިކްގެ އިތުރުން ވިލިގިލީގައިވެސް ވަނީ ފްލޫ ކްލިނިކެއް ޤާއިމްކޮށްފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ