އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 03/04/2020

O- އަދި B- ލޭ މަދުވެއްޖެ، އަވަހަށް ލޭ ހަދިޔާ ކޮށްދެއްވާ: މޯލްޑިވްސް ބްލަޑް ސާވިސަސް

މޯލްޑިވްސް ބްލަޑް ސާވިސަސް އިން ވަނީ މާދަމާ ހެނދުނު 10:00 އިން މެންދުރުފަހު 15:00 އާ ހަމައަށް މޯލްޑިވްސް ބްލަޑް ސާވިސްއަށް އައިސް ލޭ ހަދިޔާކުރެވޭނޭ ކަމަށް ބުނެފައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 03/04/2020

Maldives Blood Services (MBS)
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ބްލަޑް ބޭންކްގައި ހުރި O-  އަދި B- ލޭ މަދުވުމާއި ގުޅިގެން މޯލްޑިވްސް ބްލަޑް ސާވިސަސް އިން އާއްމުންގެ އެހީއަށް އެދިއްޖެ އެވެ.

އެގޮތުން ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއިން ލޭ ލިބުން ދަތިވެފައިވާތީ ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް މާދަމާވެސް އެ ފުރުސަތު އެބަ އޮތް ކަމަށް މޯލްޑިވްސް ބްލަޑް ސާވިސަސް އިން ވަނީ ބުނެފައެވެ.

މޯލްޑިވްސް ބްލަޑް ސާވިސަސް އިން ވަނީ މާދަމާ ހެނދުނު 10:00 އިން މެންދުރުފަހު 15:00 އާ ހަމައަށް މޯލްޑިވްސް ބްލަޑް ސާވިސްއަށް އައިސް ލޭ ހަދިޔާކުރެވޭނޭ ކަމަށް ބުނެފައެވެ.

ރާއްޖޭގައި ދިރިއުޅޭ ތެލެސީމިޔާ ކުދިންނަށް މި ދުވަސްވަރު ލޭ ލިބުންވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ އެކަމާއި ގުޅިގެން ތެލެސީމިޔާ ސެންޓަރާއި މޯލްޑިވްސް ބްލަޑް ސާވިސަސް އިން އަންނަނީ ލޭ ހަދިޔާ ކުރުމުގެ ކޭމްޕްތައް ހިންގަމުންނެވެ.

ލޭ އަޅާ ކުދިންނަށް އެންމެ ބޮޑަށް ލޭ ހޯދުމުގައި އެހީތެރިވާ ބަޔަކީ ރާއްޖޭގެ ރިސޯޓުތަކުގެ މުވައްޒަފުންނެވެ. އެހެންނަމަވެސް ގިނަ ރިސޯޓު މުވައްޒަފުން ރިސޯޓުތަކުގައި ލޮކްޑައުންގައި ތިބުމުން ލޭ ލިބުމަށްދަތި ވެފައިވާކަމަށް ކޯވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ