އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 03/04/2020

ކޮވިޑް-19: އޮސްޓްރޭލިއާ އިންވެސް ވެކްސިންއެއް ހޯދުމުގެ މަސައްކަތް ފަށައިފި

ކޮމަންވެލްތު ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާޗް އޯގަނައިޒޭޝަން (ސީއެސްއައިއާރްއޯ) އިން ވެކްސިންގެ ޕްރީ ކްލިނިކަލް ޓްރައިލްތައް އެގައުމުގައި ފަށައިފިއެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 03/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 އަށް ވެކްސިންއެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮސްޓްރޭލިޔާގެ ނެޝަނަލް ސައިންސް އޭޖެންސީ އިން ބުރާސްފަތި ދުވަހު އިއުލާނުކޮށްފިއެވެ.

ކޮމަންވެލްތު ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާޗް އޯގަނައިޒޭޝަން (ސީއެސްއައިއާރްއޯ) އިން ވެކްސިންގެ ޕްރީ ކްލިނިކަލް ޓްރައިލްތައް އެގައުމުގައި ފަށައިފިއެވެ. އެގޮތުން މަސައްކަތް ކުރާނެ ކަމަށް ބެލެވޭ 2 ވެކްސިންއެއް "ފެރެޓްސް" އަށް ޖަހައި ޓެސްޓް ކުރަން ވަނީ ފަށާފައެވެ.

މި ވައިރަސްއަށް މަސައްކަތް ކުރާނެ ކަމަށް ބެލެވޭ ދެ ވެކްސިންގެ ޓެސްޓް ކުރުމުގެ ފުރަތަމަ ބުރަށް 3 މަސް ނަގާނެކަމަށާއި، މި ވެކްސިން އާންމުންނަށް ލިބޭނެކަމަށް ބެލެވެނީ އަންނަ އަހަރުގެ ނިމޭކޮޅު ކަމަށް ސީއެސްއައިއާރްއޯގެ ޑިރެކްޓަރ އޮފް ހެލްތު ރޮބް ގްރެންފެލް ވަނީ ބުނެފައެވެ. 

ގްރެންފެލް ބުނެފައިވަނީ މި ވެކްސިން އުފައްދާ އަދި ޓެސްޓް ކުރުމަށްފަހު އާންމުންނާ ހަމައަށް ގެންދަން ކުރިންވެސް ބުނި ފަދައިން 18 މަސް ނަގާނެކަމަށެވެ. އެހެންނަމަވެސް މި ވެކްސިން އުފެއްދުމަށް އަދި ވައިރަސް ޓެސްޓް ކުރުމުގައި އެކި ކަންކަން ކުރަން ޖެހުމުގެ ސަބަބުން މިމުއްދަތަށް ބަދަލު އައިސްދާނެ ކަމަށްވަނީ ބުނެފައެވެ.

ގްރެންފެލް ބުނެފައިވަނީ ސައިންސްވެރިން ވެކްސިން އުފެއްދުމަށް ދަނީ އަވަހަށް މަސައްކަތްކުރަމުން ކަމަށާއި، މިކަމުގެ ސަބަބުން އެންމެ 8 ހަފްތާތެރޭގައި ޕްރީ ކްލިނިކަލް ޓްރައިލް އާއި ހަމައަށް އާދެވިފައިވާކަމަށެވެ. މި ކަމަކީ އާއްމުކޮށް 2 އަހަރު ދުވަސް ނަގާ ކަމެއް ކަމަށްވެސް ގްރެންފެލް ފާހަގަ ކޮށްފައިވެއެވެ.

މީގެއިތުރުން ގްރެންފެލް ބުނެފައިވަނީ މި ދެ ވެކްސިންގެ ތެރެއިން އެއް ވެކްސިންއެއް އިންސާނުން ގައިގާ ޓެސްޓް ކުރުމުގެ މަސައްކަތް މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހު ފެށޭނެކަމަށެވެ. އަދި ސީއެސްއައިއާރްއޯ އިން ބުނެފައިވަނީ މިފަދައިން ޓެސްޓް ކުރުމުން ވައިރަސް މަސައްކަތް ކުރާ ގޮތް ރަނގަޅަށް ދެނެގަނެވި، ވައިރަސްއިން ރައްކާތެރި ވާނެ އެންމެ ރަނގަޅު ގޮތް ހޯދުމަށް ފުރުސަތު ލިބެއެވެ. އެގޮތުން މަސްގަނޑަށް ޖަހާ އިންޖެކްޝަނެއްގެ އިތުރުން ނޭފަތަށް ޖަހާ ސްޕްރޭއެއް ވެސް އުފެއްދޭނެކަމަށް ބުނެފައިވެއެވެ.

ސީއެސްއައިއާރްއޯ އަކީ ޗައިނާގެ ބޭރުން ލެބް އެއްގައި މި ވައިރަސް އުފެއްދި ފުރަތަމަ ރީސާޗް ޖަމިއްޔާއެވެ. އަދި އޭގެ ސަބަބުން ވެކްސިންއެއް ހޯދުމުގެ ގޮތުން ޕްރީ ކްލިނިކަލް ޓްރައިލްތައް ކުރިއަށް ގެންދިއުމަށް މިޖަމިއްޔާއަށް ވަނީ ފުރުސަތު ލިބިފައެވެ.

ހަމަ އެއާއެކު މިޖަމިއްޔާއިން ފެބްރުއަރީ މަހު މި ވައިރަސް އިންސާނުންގެ ހަށިގަނޑުގައި މަސައްކަތް ކުރާހެން "ފެރެޓްސް" ގެ ހަށިގަނޑުގައިވެސް މަސައްކަތް ކުރާކަމަށް ވަނީ ހޯދާފައެވެ. އަދި މިބައްޔަށް ވެކްސިންއެއް ފެރެޓްސްއަށް މަސައްކަތް ކޮށްފިނަމަ އިންސާނުންނަށް މި ވެކްސިން މަސައްކަތް ކުރާނެ ކަމުގެ ފުރުސަތު ވާކަމަށް ވަނީ ބުނެފައެވެ.

204 ގައުމަކަށް މި ވައިރަސް ފެތުރި މުޅި ދުނިޔޭގެ އެކި ހިސާބުތަކުގައި 1،060،000 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 56،000 މީހުންވަނީ މި ވައިރަސްގެ ސަބަބުން މަރުވެފައެވެ. 

ރާއްޖޭގައި 19 މީހުންނަށް މި ވައިރަސް ޖެހިފައިވާއިރު 13 މީހުންވަނީ މި ވައިރަސްއިން ފަސޭހަވެފައެވެ. މިހާރު 4 މީހަކަށް ދަނީ މި ވައިރަސްއިން ފަސޭހަވުމަށް ފަރުވާދެމުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ