އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 01/04/2020

އިނގިރޭސިވިލާތުގައި ކޮރޯނާވައިރަސްގެ ސަބަބުން 13 އަހަރުގެ ފިރިހެން ކުއްޖަކު މަރުވެއްޖެ

މި ކުއްޖާ އެޑްމިޓް ކުރެވުނު ލަންޑަންގެ ކިންގްސް ކޮލެޖް ހޮސްޕިޓަލުން ބުނެފައިވަނީ ކޮރޯނާވައިރަސްގެ ސަބަބުން 13 އަހަރުގެ ކުއްޖަކު މަރުވެފައިވާކަމަށާއި، އަދި އާއިލާއާއި އެކު މި ދަނޑިވަޅުގައި އެންމެން ތިބިކަމަށެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 01/04/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި 13 އަހަރުގެ ފިރިހެން ކުއްޖަކު ކޮރޯނާވައިރަސްގެ ސަބަބުން މަރުވުމުން އެ ކުއްޖާ ވެގެންދިޔައީ އެގައުމުގައި ކޮރޯނާވައިރަސްގެ ސަބަބުން މަރުވެފައިވާ އެންމެ ހަގު ކުއްޖާއަށެވެ.

މި ކުއްޖާ އެޑްމިޓް ކުރެވުނު ލަންޑަންގެ ކިންގްސް ކޮލެޖް ހޮސްޕިޓަލުން ބުނެފައިވަނީ ކޮރޯނާވައިރަސްގެ ސަބަބުން 13 އަހަރުގެ ކުއްޖަކު މަރުވެފައިވާކަމަށާއި، އަދި އާއިލާއާއި އެކު މި ދަނޑިވަޅުގައި އެންމެން ތިބިކަމަށެވެ. އަދި އެގައުމުގެ ނެޝަންލް ސްޓެޓިސްޓިކްސް އިން އާންމު ކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މި ކުއްޖާއަކީ އިނގިރޭސިވިލާތުގައި ކޮރޯނާވައިރަސްގެ ސަބަބުން މަރުވެފައިވާ އެންމެ ހަގު ކުއްޖާކަމަށްވެސް އެހޮސްޕިޓަލުން ކަށަވަރުކުރިއެވެ.

މި ކުއްޖާގެ ޖަނާޒާ ބޭއްވުމަށް ލާރި އެއްކުރުމަށް ކްރައުޑް ފަންޑިންގް ވެބްސައިޓްއެއްގައި މި ކުއްޖާގެ އެއްބަނޑުއެއްބަފާ މީހެއް މަސައްކަތް ކުރަމުންދާ މަޑީނަ ކޮލެޖް އިންވަނީ މަސައްކަތް ފަށާފައެވެ. މި ޕޭޖްގައި ބުނެފައިވަނީ މަޑީނަ ކޮލެޖްގައި މަސައްކަތް ކުރަމުންދާ ޓީޗަރެއްގެ ކޮއްކޮއެއް މި ވައިރަސްގެ ސަބަބުން މަރުވެފައިވުން އެއީ ހިތާމަވެރިކަމެއް ކަމަށެވެ. 

އެ ކުއްޖާއަކީ އެއްވެސް ސިއްހީ މައްސަލައެއް ނެތް ކުއްޖެއްކަމަށާއި، ކޮރޯނާވައިރަސްގެ ނުރައްކާތެރިކަމުގެ ސަބަބުން އެ ކުއްޖާ މި ދުނިޔެ ދޫކޮށް ގޮސްފައިވަނީ އާއިލާގެ މީހަކު ކައިރީގައި ނެތި ކަމަށްވެސް މި ޕޭޖްގައި ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އިން ބުނެފައިވަނީ މި ވައިރަސްގެ ސަބަބުން މި ފަދަ ކަންތައް ވަމުން ދިޔަ ނަމަވެސް މި ދަނޑިވަޅަކީ ހިތްވަރު ދެރަނުކޮށް އިތުރަށް މަސައްކަތް ކުރަންވީ ވަގުތެއް ކަމަށެވެ. އަދި އެންއެޗްއެސްގެ ނެޝަނަލް މެޑިކަލް ޑިރެކްޓާ ސްޓީވަން ޕޮވިސް ބުނެފައިވަނީ މި ވައިރަސް އިން ސަލާމަތްވުމަށް ވަގުތު ނަގާނެ ކަމަށާއި، މި ދަނޑިވަޅުގައި އެންމެން އެކުގައި މަސައްކަތް ކުރުން މުހިންމު ކަމަށެވެ.

ލަންޑަންގައި 13 އަހަރުގެ ކުއްޖެއް މި ވައިރަސްގެ ސަބަބުން މަރުވެފައިވާއިރު، 12 އަހަރުގެ އަންހެން ކުއްޖަކު ބެލްޖިއަމްގައިވެސް ވަނީ ދާދި ފަހުން މަރުވެފައެވެ. ބެލްޖިއަމް ސަރުކާރުގެ ތަރުޖަމާނު ބުނެފައިވަނީ މިކަމަކީ ކުޑަ ކުއްޖެއްގެ ކަމަކަށް ވުމުން އެންމެނަށް ވެސް އޭގެ އަސަރު ކުރާނެ ކަމަށެވެ. މަދުން ވާ ކަމެއް ނަމަވެސް މިފަދަ ކަންކަމަކީ އެންމެންވެސް ދެރަވާ ކަންކަން ކަމަށް ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގައި ވައިރަސް ޖެހޭ މީހުންގެ އަދަދު 14 އިންސައްތަ އިތުރުވެފައިވާކަމަށް ވަނީ ފަހުގެ ހިސާބުތަކުން ދައްކާފައެވެ. މިހާރު އެގައުމުގައި 29،474 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 2،352 މީހުން މަރުވެފައިވާ ކަމަށް ޖޯން ހޮޕްކިންސް ޔުނިވާސިޓީއިން ވަނީ ބުނެފައެވެ. 

ކޮރޯނާވައިރަސް ކޮންމެ މީހަކަށް ވެސް ޖެހުމުގެ ފުރުސަތުވެއެވެ. އެހެންނަމަވެސް މި ވައިރަސްގެ ނުރައްކާތެރިކަން ބޮޑީ އަދި މި ވައިރަސް ޖެހުމުގެ ފުރުސަތު އިތުރުވެފައިވަނީ އުމުރުން 60 އަހަރުން މަތި މީހުންނަށާއި، ސިއްހީ މައްސަލައެއް ހުރި މީހެއްނަމައެވެ. އަދި މި ވައިރަސް ޖެހި، ވައިރަސްގެ އަލާމާތްތައް އިތުރަށް ގޯސްވުމުގެ ފުރުސަތުވަނީ ވެސް ދާއިމީ ބައްޔެއް ހުންނަ މީހުންނަށް ކަމަށް ދިރާސާވެރއިން ބުނެފައިވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ