އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 31/03/2020

މި ދުވަސްވަރު ވަޒީފާއަށް ނިކުންނަންޖެހޭ މުވައްޒަފުން ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރާ ޖަގަހަ ސާފު ކުރައްވާ- ޑރ. އަފްޒަލް

މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ޕްރެސް ކޮންފަރެންސްގެ ތެރެއިން
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 31/03/2020

Coronavirus COVID-19 Dr Ibrahim Afzal
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިދުވަސްވަރު ވަޒީފާތަކަށް ނުކުންނަންޖެހޭ މުވައްޒަފުން ވެސް އޮފީހަށް ދިއުމަށްފަހު މަސައްކަތް ކުރާ ޖަގަހަ ސާފުކުރެއްވުމަށް ޑރ. އިބްރާހިމް އަފްޒަލް އެދިވަޑައިގެންފި އެވެ.

މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވަނީ އޮފީސްތަކުގައި ތިއްބަވާ ޖަގަހަތައް ސާފުކުރެއްވުމުގައި އެބޭފުޅުންގެ އިރުޝާދު ދެއްވާގޮތަށް ސާފުކުރެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ. 

އެގޮތުން މަސައްކަތް ފެށުމުގެ ކުރިންނާއި ނިންމަފައި ގެއަށް ދިއުމުގެ ކުރިން ބްލިޗް ސޮލިއުޝަން ނުވަތަ ވަކި ސެނިޓައިޒާރ ބޭނުންކޮށްގެން އެ ސަރަހައްދެއް ރަނގަ ސާފުކުރުމަށް ޑރ. އަފްޒަލް ވަނީ އިރުޝާދު ދެއްވާފަ އެވެ. 

ހަމައެހެންމެ މަސައްކަތުގެ މާހައުލުގައި ވެސް ވީވަރަކުން އިޖްތިމާއީ ގައިދުރުކުރުން ބެހެއްޓުމަށް ޑރ. އަފްޒަލް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

އަދި ޑރ. އަފްޒަލް ވިދާޅުވީ މިހާލަތުގައި އެންމެ ރަނގަޅީ މޯބައިލް މެދުވެރިކޮށް ގުޅުން ބަދަހި ކުރުން ކަމަށެވެ.

މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 އަށް 18 ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 3 މީހުންނަކީ ޔޫކޭ އިން އައި ދިވެހިންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ