އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 31/03/2020

ކަރަންޓީނުކުރާ މީހުންނާއި މެދު ތަފާތުކުރުން ނުގެންގުޅުމަށް ޑރ އަފްޒަލް އެދިލައްވައިފި

މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ޕްރެސް ކޮންފަރެންސްގެ ތެރެއިން (ފޮޓޯ: ރާއްޖެ އެމްވީ)
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 31/03/2020

Coronavirus COVID-19 Dr Ibrahim Afzal
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތަކާއި ގުޅިގެން ކަރަންޓީނުކުރާ ފަރާތަކާއި މެދު ތަފާތުކުރުން ނުގެންގުޅުމަށް ޑރ. އިބްރާހިމް އަފްޒަލް އެދިލައްވައިފި އެވެ.

މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ކޯވިޑް-19އަށް ކޮންޓެކްޓްވި މީހުން ނުވަތަ ގެއެއް ކަރަންޓީނުކުރުމަކީ އަދި އެކަމުގެ ސަބަބުން ގެއިން ބޭރުން ހިނގާ މީހުންނަށް ގެއްލުމެއް ވެދާނޭ ކަމެއް ނޫން ކަމަށެވެ. އަދި ބަޔަކު ކަރަންޓީނުކުރުމަކީ އެމީހުން އެކަހެރިކޮށް އެއްލާލުން ނޫންކަމަށްވެސް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ.

ޑރ. އަފްޒަލް މިހެން ވިދާޅުވެފައިވަނީ މިއަދު މާލޭގެ ގެއެއް ކަރަންޓީނުކޮށްފައިވާކަމަށް ބުނެ އެގޭގެ ބޭރުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބަޔާނެއް ތަތްކޮށްފައިވާ ވީޑިއޯއެއް އާއްމުވެފައިވާ ދަނޑިވަޅެއްގައެވެ.

އަދި އެކަމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށް އެޗްޕީއޭއިން ވަނީ އެއީ އެރި އޮޅުމެއްގެ ތެރެއިން ވީ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ޑރ. އަފްޒަލް ވިދާޅުވީ މިފަދަ ހާލަތެއްގައި ބައްޔަށް ޝައްކުކުރެވޭ އެއްވެސް ބަޔަކު ގޭގައި ކަރަންޓީނެއް ނުކުރާނެ ކަމަށެވެ. އަދި ގޭގައި ކަރަންޓީނު ކުރިނަމަވެސް އަނެކާގެ ހިތުގައި ނުޖެހޭގޮތަށް އަމަލުތައް ބެހެއްޓުމަށް އަފްޒަލް ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ މިއީ މާލޭގައި ގެއެއް ކަރަންޓީނުކުރި ފުރަތަމަ ފަހަރު ނޫންކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރަޓަރީ މަބްރޫކް އަޒީޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން މީގެކުރިން މާލޭ ސަރަހައްދުގައި 81 ގެ ކަރަންޓީނުކުރެވުނު ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖޭގައި ކޮވިޑް-19 އަށް 18 ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 3 މީހުންނަކީ ޔޫކޭ އިން އައި ދިވެހިންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ