އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 30/03/2020

ކޮރޯނާވައިރަސް އަދިވެސް ފެނިފައިނުވާ ގައުމުތަކަކީ ކޮބާ؟

ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 730،000 އށް ވުރެ މައްޗަށް ވަނީ އަރާފައެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 30/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަސް ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރިފައިވާއިރު މި ވައިރަސް ފެނިފައިވާ ގައުމުތަކަށް ވުރެ ވައިރަސް ނުފެންނަ ގައުމުތައް މަދެވެ. 

ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 730،000 އށް ވުރެ މައްޗަށް ވަނީ އަރާފައެވެ. މި ވައިރަސްގެ ސަބަބުން މަރުވެފައިވާ މީހުންގެ އަދަދު ވަނީ 35،000 އަށް ވުރެ މައްޗަށް އަރާފައެވެ. އަދި ވައިރަސްއިން ފަސޭހަ ވެފައިވާ މީހުންގެ އަދަދު ވަނީ 150،000 އަށް އަރާފައެވެ. 

ގިނަ ގައުމުތަކުން މި ނުރައްކާތެރި ވައިރަސް ފެންނަމުންދާއިރު ވައިރަސް ނުފެންނަ ހިސާބުތަކެއް ވެއެވެ. އޭގެތެރޭގައި އެފްރިކާ އަދި ޕެސިފިކްގެ ބައެއް ހިސާބުތަށް ހިމެނެއެވެ.

ކޮވިޑް-19 ފެނިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ޗައިނާގެ ވޫހާންއިންނެވެ. މި ވައިރަސް އެ ގައުމުގައި ފެތުރި ގައުމުން ބޭރަށް ފެތުރެން ފަށާފައިވަނީ ހަލުވިކަމާއެކުއެވެ. އެގޮތުން ފުރަތަމަ މި ވައިރަސްގެ އަސަރު ކުރަން ފަށާފައިވަނީ ސައުތު ކޮރެއާއަށެވެ. 

އެހެނަސް ޗައިނާ އަދި ސައުތު ކޮރެއާ އާއި ބޯޑަރެއް އިންނަ ނޯރތު ކޮރެއާއިން ވަނީ އެ ގައުމުގެ ބޯޑަރުތައް ބަންދުކޮށް ވައިރަސް ފެތުރުނަ ނުދިނުމަށް އެކި ފިޔަވަޅުތައް އަޅަން ފަށާފައެވެ. އެ ގައުމުގެ ޕްޔޮންގްޔެންގެ ހެލްތު ފެސިލިޓީއިން ވަނީ މިދިޔަ ހަފްތާގައި ކަރަންޓީނުކޮށްފައިވާ ޕޭޝަންޓުންތަކެއް ވައިރަސްއިން ސަލާމަތްވެފައިވާ ކަމަށް ބުނެ ދޫކޮށްލާފައެވެ. އެހެންނަމަވެސް އަދި އައިސޮލޭޝަންގައި އެތައްބަޔަކު ތިބިކަމަށްވެސް ވަނީ ބުނެފައެވެ. 

ނޯރތު ކޮރެއާގެ އޮފިޝަލުންވަނީ މި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އިތުރު ފިޔަވަޅުތައް އަޅަން ފަށާފައިވާކަމަށް ބުނެފައެވެ. އެގޮތުން ފެން ޓޭންކުތަކާއި ރިސާވަޔާސް އިތުރަށް ކޮންޓްރޯލް ކޮށް، ރުފިޔާ ނޫޓުތައް ޑިސްއިންފެކްޓުކުރުން ފަދަ ކަންތައްދަނީ ކުރަމުންނެވެ.

ނޯރތު ކޮރެއާގައި ކޮވިޑް-19 އާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅި

ހަމަމިފަދައިން އޭޝިއާގެ އެކި ގައުމުތަކުގައި މިފަދަ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. ތުރުކުމެނިސްތާން އަކީ އެއް ނަމޫނާއެވެ. މިގައުމުންވަނީ އަވައްޓެރި އީރާންއަށް މެޑިކަލް ވަސީލަތްތައް އަދި ކެއުމަށް ބޭނުންވާފަދަ ތަކެތި ވެސް ފޮނުވާފައެވެ. 

ތުރުކުމެނިސްތާން އިން ދަނީ ނޯރތު ކޮރެއާއިން އަޅަމުންދާ ފަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ދަތުރު ފަތުރު ކުރުމުގައި އަމަލު ކުރަންޖެހޭ ކަންކަން ނިންމާ، އެކި ހިސާބުތައް ސާފުކޮށް، ހޭލުންތެރި ކުރުމުގެ ކެމްޕެއިންތައް ކުރިއަށް ގެންދިއުންފަދަ ކަންކަން އަންނަނީ ކުރަމުންނެވެ. 

އަދި އެ ގައުމުން ދަނީ އެހެން ގައުމުތަކުގައި ތިބި އެގައުމުގެ ރައްޔިތުން ގެނައުމުގެ މަސައްކަތްކުރަމުން ކަމަށާއި، އެހެންނަމަވެސް ވައިރަސް ފެތުރެމުންދާއިރު މިއީ ކުރަން އުނދަގޫކަމެއް ކަމަށް އެ ގައުމުގެ ސަރުކާރުންވަނީ ބުނެފައިވެއެވެ.

ހަމައެއާއެކު ތުރުކުމެނިސްތާން އާއި ކައިރި ޓަޖިކިސްތާންގައިވެސް އެއްވެސް މީހަކަށް މި ވައިރަސް ޖެހިފައެއް ނުވެއެވެ. އެހެންނަމަވެސް އެ ގައުމުގައިވެސް ދަތުރު ފަތުރު ކުރުމުގައި އަމަލު ކުރަން ޖެހޭ ގަވާއިދު ހަރުކަށިކޮށް، މީހުން ތަންތަނަށް އެއްވުން ފަދަ ކަންކަން ވަނީ މަނާ ކޮށްފައެވެ. 

މިޑިލް އީސްޓްގެ ގިނަ ގައުމުތަކުގައި މި ވައިރަސް ފެތުރެމުންދާއިރު، ވައިރަސް ޖެހިފައިނުވާ ގައުމަކަށް އިނީ އެ ގައުމުގައި ބަނޑުހައިހޫނުކަމާއި ހަމަނުޖެހުން ކުރިމަތިލަމުންދާ ޔަމަންއެވެ. 

ހަމައެއާއެކު ސައުތު ސޫދާންގައިވެސް މި ވައިރަސް ފެނިފައެއް ނުވެއެވެ. މި ގައުމުގައި މިދިޔަ މަހު ގިނަ އަހަރުތަކަކަށް ދިގު ދެމުނު ހަނގުރާމައެއްވަނީ ނިމުމަކަށް ގެނެވިފައެވެ. އެހެންކަމުން ގައުމުގައި މީހުން ދިރިއުޅެމުންދާ ހާލަތައް ބަލާނަމަ މި ވައިރަސް ފެތުރިއްޖެނަމަ ގެއްލުންވާނެކަން ޔަގީނެވެ.

ސައުތު ސޫދާންގެ ސިޔާސީ ދެވެރިން އުޅަބޮށި ބޭނުންކޮށްގެން ސަލާމް ކުރަނީ

މީގެ އިތުރުން އެފްރިކާގެ ގައުމުތައް ކަމަށްވާ ބޮޓްސްވާނާ އަދި ލެސޯތޯގައިވެސް ވައިރަސް ފެނިފައެއް ނުވެއެވެ. އަދި އެފްރިކާގެ ބުރުނޑި، މަލާވީ، ސިއެރާ ލިއޯން އަދި ކޮމޮރޮސް، ސައޯ ޓޮމޭ، އަދި ޕްރިންސިޕޭ އިންވެސް ވައިރަސް ފެނިފައެއް ނުވެއެވެ. 

ހަމައެއާއެކު ޕެސިފިކްގެ ރަށްތަކެއް ކަމުގައިވާ ކުކް އައިލެންޑްސް، މާރޝެލް އައިލެންޑްސް، މައިކްރޮނީޝިއާ، ޕަލައު، ނައުރޫ، ސޮލޮމޮން އައިލެންޑްސް، ޓުވާލޫ ގެ އިތުރުން ވަނުއަޓު އިންވެސް ވައިރަސް ފެނިފައެއް ނުވެއެވެ.

މި ވައިރަސް ފެތުރެމުންދާއިރު ގިނަ ގައުމުތަކުގައި ހަރުކަށި ފިޔަވަޅުތައް އަޅަމުން ދަނީ އިތުރަށް ވައިރަސް ފެތުރުނަ ނުދީ ހުއްޓުވުމުގެ ބޭނުމުގައެވެ. މިފަދަ ވައިރަސް އެއްގެ ސަބަބުން އެ ގައުމުތަކުގެ ސިއްހީ މުއައްސަސާތަކަށް ނުވާ ވަރަށް މީހުންނަށް ވައިރަސް ޖެހިދާނެތީއެވެ. އަދި މި ދަނޑިވަޅުގައި ރަޝިއާ، ޗައިނާ އަދި ކޫބާ ފަދަ ގައުމުތަކުން އެހެން ގައުމުތަކަށް އެހީ ފޯރު ކޮށްދޭންވެސް ވަނީ ނިންމާފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ