އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 30/03/2020

އެޗްއައިއެޗުން ޓްރާންސްފާރ ކުރި މީހުން އިތުރު 14 ދުވަހަށް އައިސޮލޭޓް ކުރަނީ

މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގެ ތެރެއިން
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 30/03/2020

ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އެޗްއައިއެޗްގައި ހުންނަ ކަރަންޓީނު ފެސިލިޓީތަކުން އެހެން އައިސޮލޭޝަން ފެސިލިޓީތަކަށް ބަދަލުކޮށްފައި ތިބި މީހުން އިތުރު 14 ދުވަހަށް ކަރަންޓީނުކުރަން ނިންމައިފި އެވެ.

އެޗްއައިއެޗްގައި ކަރަންޓީނުކޮށްފައި ތިބި މީހުން އެހެން ފެސިލިޓީތަކަށް ބަދަލުކުރި އިރު ދަތުރުގެ އިންތިޒާމް ހަމަޖައްސާފައިވަނީ އެންމެން މަސްހުނިވާގޮތަށް ކަމަށް ބުނެ މީގެކުރިންވެސް ވަނީ މައްސަލަތަކެއް ފެންމަތިވެފަ އެވެ. އެޗްއައި އެޗްގައި ތިބި މީހުން ބަދަލުކޮށްފައިވަނީ ރާއްޖޭގެ ބައެއް ރިސޯޓުތަކުގައި ޤާއިމްކޮށްފައި ހުރި ކަރަންޓީނު ފެސިލިޓީ ތަކަށެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރަޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ އެކަމާއި ގުޅިގެން އައި ޝަކުވާތަކަށް ރިޢާޔަތް ޓެކްނިކަލް ޓީމުން އެޗައިއެޗުން އެހެން އައިސޮލޭޝަން ފެސިލިޓީތަކަށް ބަދަލުކުރި މީހުން އިތުރު 14 ދުވަހަށް އައިސޮލޭޓް ކުރުމަށް ނިންމާފި ކަމަށެވެ.

މީގެއިތުރުން ޑރ. މުރާދު ވިދާޅުވީ އެޗްއައިއެޗުން ބަދަލުކުރި މީހުން އިތުރު ސާދަދުވަހަށް އައިސޮލޭޓް ކުރުމަށް ޓެކްނިކަލް ޓީމުން ޑޮކްޓަރުންނާއި އަދި ގިނަ ބަޔަކާއި މަޝްވަރާ ކުރިކަމަށެވެ.

މުރާދު ވިދާޅުވީ ގިނަ ގާތްބަޔަކު އެ ފެސިލިޓީތަކުގައި ތިބި ނަމަވެސް މިވަގުތު ވިސްނަންވީ ޤައުމާއި މެދުގައި ކަމަށެވެ.

އައސޮލޭޓްގައި ތިބި މީހުން އިތުރު 14 ދުވަހަށް އެކަހެރިކުރަން ނިންމާފައިވާއިރު، 14 ދުވަސް ފަށާނީ އެޗްއައިއެޗުން އެ ފެސިލިޓީއަކަށް ބަދަލުކުރި ތާރިހުން ފެށިގެން ކަމަށް ޑރ. މުރާދު ވަނީ ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ