އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 29/03/2020

ކަރަންޓީނު ކުރާ އެންމެން ޓެސްޓްކުރަން ނިންމައިފި

މިއަދު މެންދުރު ދަރުބާރުގޭގައި ކުރިއަށް ދިޔަ ޕްރެސް ކޮންފަރެންސްގެ ތެރެއިން
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 29/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިން ކޯވިޑް-19 އާއި ގުޅިގެން ކަރަންޓީނުކުރާ އެންމެންވެސް ވައިރަހަށް ޓެސްޓްކުރުމަށް ނިންމައިފި އެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފު ވިދާޅުވީ ކަރަންޓީނުވާ އެންމެންވެސް ޓެސްޓްކުރަން ނިންމީ މިހާރު ބޭނުންވާ ވަރަށް ޓެސްޓް ކިޓް ހުރުމުން ކަމަށެވެ.

ޑރ. ލަތީފް ވިދާޅުވީ ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަނުން އަމަލުކުރަމުންދާ "ކުއިކް ރެފަރެންސް ގައިޑްލައިން" ތަކަކީ އަބަދުވެސް ބަދަލުވާނޭ ގައިޑްލައިންތަކެއް ކަމަށެވެ. ނަމަވެސް މި ގައިޑް ލައިނަށް ބަދަލެއް އަންނަނަމަ ރައްޔިތުންނާއި އެ މައުލޫމާތު ހިއްސާ ކުރައްވާނޭކަމަށް ވެސް ޑރ. ލަތީފް ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި މިހާރު އަމަލުކުރަމުންދަނީ "ކުއިކް ރެފަރެންސް ގައިޑްލައިން" 8 ވަނަ ވާޝަން އަށެވެ. އަދި މާދަމާ މި ގައިޑްލައިގް 9 ވަނަ ވާޝަންއަށް އަމަލުކުރަން ފަށާނޭކަމަށް ޑރ. ލަތީފް ވިދާޅުވި އެވެ.

"ކުއިކް ރިފަރެންސް ގައިޑް ލައިން" އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ފާއިތުވިތަނުގައި ލިބުނު ކޭސްތަކަށް ބަލާފައި ލިޔެފައިވާ ގައިޑް ލައިނެކެވެ.

ކޯވިޑް-19އަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 17އަށް އަރާފަ އެވެ. އަދި އޭގެތެރެއިން 11 މީހެއްވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 2 މީހަކުވަނީ އެމީހުންގެ އަމިއްލަ ޤައުމުކަމަށްވާ އިޓަލީއަށް ގޮސްފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ