އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 29/03/2020

ޑރ. ނިޔާފްގެ މެސެޖު ރާއްޖޭގެ ބިޔަ ކުންފުނިތަކަށް: ރަމްޒީ މަސައްކަތް މަދުކޮށް، އަމަލީ މަސައްކަތްތައް ގިނަކުރައްވާ

ޑރ. ނިޔާފްވަނީ ހޭޝްޓެގް އެއްގައި އެންމެންވެސް ރަމްޒީ މަސައްކަތްތައް މަދުކޮށް، އަމަލީގޮތުން މިކަމަށްޓަކައި މަސައްކަތްތައް ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 29/03/2020

Coronavirus Dr Abdulla Niyaf COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19އިން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދެއްވުމަށް ޑރ. އަބްދުﷲ ނިޔާފް އެދިވަޑައިގެންފި އެވެ.

ޑރ. ނިޔާފް މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ މުވާސަލާތީ ދެ ކުންފުނި ކަމަށް ދިރާގާއި އުރީދޫއިން ކުރި ޓްވީޓެއް ރިޓްވީޓް ކުރައްވަމުންނެވެ. 

ރޭ ދުނިޔޭގެ އެކި ކަންކޮޅުތަކުތަކުގައި ފާހަގަކުރި އާތް އަވާރ ފާހަގަކުރުމަށް ދިރާގާއި އުރީދޫއިން ވަނީ ރޭގެ 08:30 ގައި ރާއްޖޭގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންގެ އަގުވަޒަންކުރުމަށް އެންމެންވެސް އަތްތިލަބަޑިޖެހުމަށް އެދިފައެވެ.

ދިރާގާއި އުރީދުން ކުރި މި ޓްވީޓް، ރިޓްވީޓް ކުރައްވަމުން ޑރ. ނިޔާފް ވަނީ ސއްހީ ހިދުމަތްތެރިން ވަމުންދާ މިފަދަ ޤުރުބާނީތައް މަދުކުރުމަށް އެހީތެރިވާން ބޭނުންވާނަމަ، ސިއްހީ އެހީތެރިންނަށް ބަލިން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ހަމައެހެންމެ ޑރ. ނިޔާފްވަނީ ހޭޝްޓެގް އެއްގައި އެންމެންވެސް ރަމްޒީ މަސައްކަތްތައް މަދުކޮށް، އަމަލީގޮތުން މިކަމަށްޓަކައި މަސައްކަތްތައް ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި މާލޭގެ އިތުރުން، މާލެއިން ބޭރަށްވެސް ފިކުރުކުރުމަށް ޑރ. ނިޔާފުވަނީ އެދިލައްވާފަ އެވެ.

ރާއްޖޭގައި މިހާތަނަށް ވަނީ 17 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ އޭގެތެރެއިން 2 މީހަކު ރާއްޖެ ދޫކޮށް ގޮސްފައިވާއިރު، 11 މީހުންވަނީ ބަލިން ރަނގަޅުވެފަ އެވެ.

ކޯވިޑް-19ގެ ކޭސްތައް އިތުރުވުމުގެ ސަބަބުން ދުނިޔޭގެ ބައެއް ޤައުމުތަކުން މިހާރުވަނީ ބަލިން ރައްކާތެރިވުމަށް ބޭނުންވާ މާސްކް، ގޮގްލްސް ސޫޓް، އަންގި އަދި ވެންޓިލޭޓަރ ފަދަ އާލާތްތައްވެސް ހުސްވާން ފަށާފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (1)
User image
ޝާއުކަތު
29/03/2020 12:48
ވ ރަގަޅު ވަަހަކައެއް މިހާރު މީހުންގެ ކަމަކީ ތޚުނ ތޚު ނުޖެހޭ ކަންކަން ކުރުން
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ