އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 29/03/2020

އިތުރު ދިވެއްސެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ޔޫކޭ އިން އައި ދިވެއްސެއް ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭ އިން އިއުލާނުކޮށްފިއެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 29/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދެވަނަ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއުލާނުކޮށްފިއެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ ޔޫކޭ އިން އައި ދިވެއްސެއް ޕޮޒިޓިވް ވެއްޖެ ކަމަށާއި މިމީހާ މިވަގުތު ކަރަންޓީން ކުރެވިފައިވަނީ ރޮޔަލް އައިލޭންޑް ރިސޯޓުގައި ކަމަށެވެ.

މިއާއެކު ރާއްޖޭގައި މިހާތަނަށް 17 މީހަކު މިބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މީގެ ތެރެއިން 11 މީހުން ބަލިން ރަނގަޅުވެފައިވާއިރު 2 މީހުން ވަނީ ރާއްޖެ ދޫކޮށް ގޮސްފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ