އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 29/03/2020

ކޮވިޑް-19 ތަހައްމަލް ކުރި ޑޮކްޓަރެއްގެ ތަޖުރިބާ

ނިޔުޔޯކްގައި އޮތް ކޮންފަރެންސްއެއް ނިންމާލެއްވުމަށްފަހު އަނބުރާ ގައުމަށް ވަޑައިގެން ޑރ. ކްލެއާ ގެރަޑާ ތަހައްމަލް ކުރެެއްވީ ވޭންދެނިވި އަލާމާތްތަކެކެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 29/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޑރ. ކްލެއާ ގެރަޑާ އަކީ އިނގިރޭސިވިލާތުގެ ވެރި ރަށް ލަންޑަންގައި މަސައްކަތް ކުރައްވަމުން އަންނަ އެތެރެ ހަށީގެ ޑޮކްޓަރެކެވެ. މިމަހުގެ ކުރީ ކޮޅު އެމެރިކާގެ ނިޔުޔޯކް އިން އަނބުރާ އައި ފަހުން ޑރ. ކްލެއާ ތަޖުރިބާ ކުރެއްވީ އާދަޔާ ޚިލާފު އަލާމާތްތަކެކެވެ.

އިނގިރޭސިވިލާތުގެ ނޫސް މަޖައްލާއެއް ކަމަށްވާ "ޕަލްސް ޓުޑޭ" އާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ލަންޑަނަށް އައި ފަހުން ވަރުބަލިވުމާއި، ބޮލުގައި ރިއްސުން އަދި ހިކިކޮށް ކެއްސުން ތަޖުރިބާ ކުރިކަމަށެވެ. އޭނާ ހީކުރީ އެއީ ދަތުރު ކުރުމުގެ ސަބަބުން ވީގޮތެއް ކަމަށެވެ. 

ނަމަވެސް ގަދައަށް ހުން އަންނަން ފެށުމުން މިވެގެން އުޅޭ ގޮތާއި މެދު ފަރުވާ ކުޑަ ކުރެވެން ނެތްކަމަށް ޑރ. ކްލެއާއަށް އިހުސާސް ކުރެވުނެވެ.

ޖެހިގެން އައި ފަސް ދުވަހުގެ ތެރޭގައި ބަލި އިތުރަށް ގޯސްވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހާލަތު ގޯސްވާން ފެށުމުން ކަމާބެހޭ ފަރާތްތަކަށް ގުޅާ ޓެސްޓު ކުރުމަށް ސާމްޕަލް ދިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއާ ވިދިގެން ގިނަ ވަގުތުތައް ހޭދަ ކުރީ އެނދު މަތީގައި ކަމަށާއި، އެނދުން ތެދުވީ ފާހާނާއަށް ދާން އެކަނި ކަމަށް އޭނާ ކިޔައިދެއްވިއެވެ.

ޑރ. ކްލެއާއަށް ތަޖުރިބާ ކުރެވުނު އަލާމާތްތަކަކީ ސިއްހީ މާހިރުން ކިޔައިދެއްވަމުން އަންނަ އަލާމާތްތަކެވެ. ހުން އައުން، ހިކިކޮށް ކެއްސުން އަދި ކަރުގައި ރިއްސުމެވެ. މީގެ އިތުރުން ކެއްސުމުގެ ސަބަބުން މޭގައި ރިއްސުމާއި، ހީކެރުވުމާއި، ކޮށްޅަށް ތެދުވުމުން ބޯ އެނބުރި ކަމަށްވެސް ޑރ. ކްލެއާ ވިދާޅުވިއެވެ.

"މިއީ އަހަރެން މިހާތަނަށް ތަޖުރިބާ ކުރި އެންމެ ވޭން ހުރި ބަލިހާލު"

އަލާމާތްތައް ފެންނަން ފެށިތާ ފަސް ދުވަސް ފަހުން އަލާމާތްތައް މަޑުމަޑުން ލުއިވާން ފެށިކަމަށް ޑރ. ކްލެއާ ފާހަގަކުރެއްވިއެވެ. ނަމަވެސް އަނގައިގައި ދަނގަޑު ރަހައެއް ހުރުމާއި، ނޭފަތުގައި ރޯގާ އުފެދުމުގެ އިތުރުން ވަރުބަލިވުން އިހުސާސް ކުރެވުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދުވަސްތަކުގައި އޭނާ ހަމައެކަނި ބޭނުން ކުރި ބޭހަކީ ޕެރަސެޓަމޯލް އެވެ. އަދި ބުއިމަކަށް ލުނބޯފަނި އަދި ކެއުމުގެ ގޮތުގައި ސޫޕް އެވެ. އޭނާގެ ފިރިމީހާ އާއި ދުރުގައި އުޅުމަށް މަސައްކަތް ކުރި ކަމަށްވެސް އޭނާ ކިޔައިދެއްވިއެވެ. ފޯނުން މުއާމަލާތު ކުރުމާއި ކައިރި ވާން ޖެހޭ ހާލަތުގައިވެސް ނޭފަތް ނިވާކުރަން ސަމާލުކަން ދިނެވެ.

"މިއީ އަހަރެން މިހާތަނަށް ތަޖުރިބާ ކުރި އެންމެ ވޭން ހުރި ބަލިހާލު. އެހެން ބުންޏަސް އަހަންނަކީ ގިނަ ގިނައިން ބަލިވާ މީހެއް ނޫން. އެކަމަކު މިބައްޔަކީ ބިރުވެރި ބައްޔެއް. މަރުވެދާނެތީކީ ނޫން، މިބަލީގެ ގޮތުން" ޑރ. ކްލެއާ ކިޔައިދެއްވިއެވެ.

އޭނާ ފާހަގަކުރިގޮތުގައި އަވަހަށް މިބަލި ޖެހުމުން އޭނާ ހިތްހަމަޖެހޭ ކަމަށެވެ. ސަބަބަކީ ދެވަނަ ފަހަރަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަކަމުން އެހެން މީހުންނަށް އެހީތެރިވުމަށް ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެތީއެވެ.

މިބަލީގެ ނުރައްކާ އޮތް މީހުންނަށް ދޭނެ ނަސޭހަތަކީ ކޮބައިތޯ ސުވާލު ކުރުމުން ޑރ. ކްލެއާ ވިދާޅުވީ ކޮންމެ އާއިލާއަކުން ވެސް މީހަކު ބަލިވެއްޖެ ހާލަތުގައި ކަންތައް ކުރަން ޖެހޭނެ ގޮތް ދުރާލާ ރާވަން ޖެހޭނެ ކަމަށެވެ. އެގޮތުން އެކަކު އަނެކަކުގެ ހާލު ގުޅައިގެން ބެލުމާއި، އަލާމާތްތައް ގޯސްވުމުގެ ފުރުސަތު ކުޑަ މީހަކު އެހެން މީހުންނަށް އަޅާ ލުމުގައި އައްޔަން ކުރުން ހިމެނެއެވެ.

ދެވަނަ ކަމަކަށް، ޑރ. ކްލެއާ ހަނދާން ކޮށްދެއްވީ ގިނަ މީހުންނަށް މިބައްޔަކީ ސީރިއަސް ނޫން ބައްޔެއް ކަމެވެ. އަދި ޑޮކްޓަރެއްގެ ހައިސިއްޔަތުން އޭނާގެ ވާޖިބަކީ ބަލި ގޯސްވާ މީހުންނަށް އަވަހަށް ފަރުވާ ކުރުން ކަމަށް ވެސް ވިދާޅުވިއެވެ.

އަދި ފަހުކަމަކަށް މުޖުތަމައު ތެރޭގައި މިބަލީގެ ސަބަބުން އުފެދޭ ހާސްކަމާއި ނުތަނަވަސްކަން ފިލުވުމުގައި ޑޮކްޓަރުންގެ މުހިންމުކަމަށް އޭނާ އަލިއަޅުވާލެއްވިއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ