އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 28/03/2020

ކޮވިޑް-19 އަށް ވެކްސިން ނޫން އިތުރު ފަރުވާތައް އަވަސް މުސްތަޤްބަލެއްގައި ލިބިދާނެ

ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 600،000 އަށް އަރާފައިވާއިރު 28،000 މީހުންވަނީ މި ވައިރަސްގެ ސަބަބުން މަރުވެފައެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 28/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަސްއަށް އުފައްދަމުން އަންނަ ވެކްސިން އުފެއްދުމުގައި އަދި ޓެސްޓް ކުރުމުގައި އަހަރަކަށް ވުރެ ގިނަ ދުވަސް ނަގާނެކަމުގައި ވިނަމަވެސް، މި ވައިރަސް ޖެހިފައިވާ މީހުންނަށް ދެވޭނެ އިތުރު ފަރުވާތައް މަސްދުވަސް ތެރޭގައި ލިބޭނެކަމަށް ސިއްހީ އެކްސްޕާޓުން ބުނެފިއެވެ.

ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 600،000 އަށް އަރާފައިވާއިރު 28،000 މީހުންވަނީ މި ވައިރަސްގެ ސަބަބުން މަރުވެފައެވެ. އަދި ގިނަ ގައުމުތަކެއް ލޮކްޑައުން ކޮށްފައިވާއިރު، ލޮކްޑައުން ކޮށްފައިވަނީ މި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު އިތުރުވަމުންދާ ވަރު އަދި ވައިރަސް ފެތުރެމުންދާ މިންވަރު ކޮންޓްރޯލް ކުރުމުގެ ގޮތުންނެވެ. 

ދުނިޔޭގެ އެކި ހިސާބުތަކުގައިވާ ސައިންސްވެރިން ދަނީ މި ވައިރަސްއަށް ވެކްސިން އެއް އަދި މި ވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާދޭނެ އެކި ގޮތްތައް ބަލަމުންނެވެ. އެހެންނަމަވެސް ހޯދާ ކޮންމެ ހޯދުމެއް މީހުންނާ ހަމައަށް ގެންދިއުމުގެ ކުރިން އެތައް ޓެސްޓްތަކެއް ކުރަން ޖެހޭނެއެވެ.

އެގޮތުން ދުނިޔޭގެ އެކި ހިސާބުތަކުން މި ވައިރަސްއަށް 20 އަށް ވުރެ ގިނަ ވެކްސިން ހަދާފައިވާކަމަށާއި އެކި ފަރުވާތައް ވަނީ މިހާރު ޓްރައިލް އަށް ފޮނުވާފައިކަމަށް ޑަބްލިއުއެޗްއޯގެ ތަރުޖަމާނު ބުނެފައިވެއެވެ. އަދި މި ވައިރަސްއަށް އަދި އެއްވެސް ވެކްސިންއެއް ހޯދިފައި ނުވިނަމަވެސް މި ކަމުގައި ދުނިޔޭގެ އެކި ހިސާބުތަކުގައިވާ ސައިންސްވެރިން މަސައްކަތް ކުރަމުން ދާކަމަށް ބުނެފައިވެއެވެ.

ވެކްސިންއެއް އުފެއްދާ ޓެސްޓްތައް ހެދުމަށްފަހު މީހުންނަށް ދެވެންފެށުމުގައި 18-12 މަސްވާނެ ކަމަށް ބުނެފައިވާއިރު، މި ވައިރަސް ޖެހިފައިވާ މީހުންނަށް ދެވޭނެ އިތުރު ފަރުވާތައް ވަރަށް އަވަހަށް ހޯދޭނެ ކަމަށްވަނީ ބުނެފައެވެ.

އެގޮތުން ދެވިދާނެ ފަރުވާ ތަކުގެ ތެރޭގައި ވައިރަސް ޖެހިފައި އެ ބަލިން ރަނގަޅުވެފައިވާ މީހެއްގެ ލޭގައިވާ ޕްލާސްމާ ވައިރަސް ޖެހިފައިވާ މީހެއްގެ ގަޔަށް އިންޖެކްޓު ކުރުން ހިމެނެއެވެ. 2014 ވަނަ އަހަރު ޝާއިއު ކޮށްފައިވާ ހޯދުމެއްގައި މިކަމަކީ ސާސް ފަދަ ނޭވާލާ ނިޒާމުގެ ބަލިތައް ޖެހިފައިވާ މީހުން މަރުވަމުންދާ މިންވަރު މަދު ކުރުމުގައި އެހީތެރި ވެދޭނެ ކަމެއްކަމުގައި ބުނެފައިވެއެވެ. 

މި ވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ދެން ބޭނުން ކުރެވިދާނެ ކަމެއްގެ ގޮތުގައި އެންޓިވައިރަލް ބޭސް މީގެ ހަފްތާތަކެއް ތެރޭގައި ނުވަތަ މަސްދުވަސް ތެރޭގައި ބޭނުން ކުރެވެން ފަށާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އިތުރު ކެމިކަލް ޑްރަގްސް އުފެއްދުމުގައި އަހަރެއް އަދި ވެކްސިން އުފެއްދުމުގައި 3-1 އަހަރު ވާނެކަމަށް ވަނީ ބުނެފައެވެ.

މީގެ ކުރިން 2004-2002 އަހަރު ފެތުރިފައިވާ ސާސް އައުޓްބްރޭކް ގައި ވަނީ ކޮރޯނާވައިރަސް އަށް ވެކްސިން އެއް އުފައްދާފައެވެ. އެހެންނަމަވެސް 2016 ވަނަ އަހަރު އިންސާނުންނަށް މި ވެކްސިން ޓެސްޓް ކުރުމުގެ ކުރިން އެއަށް އޮތް ފަންޑް އަދި އެކަމުގައި ކުރިއަށް ގެންދިޔަ ޓްރައިލްސް ވަނީ ހުއްޓާލާފައެވެ.

ކޮރޯނާވައިރަސްއަކީ ރޯގާ، ސާސް އަދި ކޮވިޑް-19 ފަދަ ބަލިތައް ޖައްސާ ވައިރަސްއެކެވެ. މި ވައިރަސްއަށް ފަރުވާކުރުމުގައި އެންޓިވައިރަލް ޓްރީޓްމަންޓްސް 6 މަސް ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް ބުނެފައިވެއެވެ. އެގޮތުން މިހާރު އިސްރައިލްގައި 11 ވައްތަރެއްގެ ޑްރަގްސް މި ވައިރަސް ޖެހިފައިވާ މީހުންގެ ގައިން ޓެސްޓް ކުރަމުން ދާ ކަމަށާއި، މި ވައިރަސްއަށް ވެކްސިންއެއްވެސް އުފެއްދޭނެ ކަމަށެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ