އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 28/03/2020

ކޯވިޑް-19: އިތުރު ދެމީހަކު ރަނގަޅުވެއްޖެ

މިއަދު މެންދުރު ކުރިއަށްދިޔަ ޕްރެސް ކޮންފަރެންސްގެ ތެރެއިން
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 28/03/2020

ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު ދެމީހަކު ރަނގަޅު ވެއްޖެ އެވެ.

މިއަދު ކުރިއަށްދިޔަ ޕްރެސް ކޮންފަރެންސްގައި ޑރ. މުއާޒް ވިދާޅުވީ މިއަދު ރަނގަޅުވި ދެމީހުންނާއެކު، މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދު 11އަށް އަރާފައި ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ވަނީ 16 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ. އޭގެތެރެއިން 14 މީހަކު މިހާރު ތިބީ ރާއްޖޭގަ އެވެ އަދި ދެ މީހަކު ވަނީ ޕޮޒިޓިވްވިކަން ނޭނގި އިޓަލީއަށް ގޮސްފަ އެވެ. 

ރާއްޖެގައި ތިބި 14 މީހުންގެ ތެރެއިން މިހަރު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 3 މީހުންނެވެ.

އަދި އެންމެފަހުން އިއްޔެ ބައްޔަށް ޕޮޒިޓިވްވި ދިވެހި މީހާގެ ހާލު ރަނގަޅުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަންޑަރ ސެކްރަޓަރީ މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ