އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 27/03/2020

ގަނެވޭ ސެނިޓައިޒާ އަކީ ކޮރޯނާވައިރަސްއިން ރައްކާތެރިކޮށްދޭ އެއްޗެއްކަން ޔަގީން ކުރާނީ ކިހިނެއް؟

ސެނިޓައިޒާއަށް ބޭނުން ޖެހިފައިވާ މިދަނޑިވަޅުގައި މީހުން ދަނީ ކޮންމެ ވައްތަރެއްގެ ސެނިޓައިޒާއެއްވެސް ގަންނަމުންނެވެ. މިފަދަ ސެނިޓައިޒާއިން ކޮރޯނާވައިރަސް އާ ދެކޮޅަށް މަސައްކަތް ކުރާނެ ހެއްޔެވެ؟
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 27/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

99.99% ޖަރާސީމު މަރާލާކަމަށް ޖަހާފައި ހުންނަ ސެނިޓައިޒާ ގަންނަން ކޮންމެ މީހަކު ވެސް ބޭނުންވާނެއެވެ. އެހެންނަމަވެސް މިހެން ޖަހާފައި އިނުމުން މީގެ މާނައަކީ ކޮރޯނާވައިރަސް އިން ރައްކާތެރިކޮށްދޭ ވާހަކައެއް ނޫނެވެ.

އެމެރިކާގެ ސީޑީސީއިން ބުނެފައިވަނީ ސައިބޯނި ލައިގެން އަތް ނުދޮވެވޭނަމަ 60 އިންސައްތަ އަލްކަހޮލް ހިމެނޭ ސެނިޓައިޒާއަކުން އަތް ސާފު ކުރުމަށެވެ. އެހެންނަމަވެސް ސެނިޓައިޒާއަށް ބޭނުން ޖެހިފައިވާ މިދަނޑިވަޅުގައި އަލްކަހޮލް ނުހިމެނޭ ސެނިޓައިޒާވެސް މީހުންދަނީ ގަންނަމުންނެވެ. 

އެގޮތުން ބައެއް ބްރޭންޑްތަކުގެ ސެނިޓައިޒާއަކީ "ބެންޒަލްކޯނިއަމް ކްލޮރައިޑް" ނަމަކަށް ކިޔާ ކެމިކަލްއެއް ބޭނުންކޮށްގެން އުފައްދާފައިވާ ސެނިޓައިޒާއެވެ. މީގައި އެލްކަހޮލް އެއް ނުހިމެނެއެވެ.

މިފަދަ ސެނިޓައިޒާއަކީ ކޮރޯނާވައިރަސް ފަދަ ޖަރާސީމު ފަސޭހައިން މަރާލާ އެއްޗެއް ނޫނެވެ. ޖަރާސީމު އެއްކޮށް މަރާލުމުގެ ބަދަލުގައި ޖަރާސީމު އުފެދެމުންދާ މިންވަރު މަދުކޮށްދީފާނެ ކަމަށް ސީޑީސީއިން ބުނެފައިވެއެވެ. 

ނަމަވެސް އެއްޗެއް ބޭނުން ނުކުރުމަށްވުރެ މިފަދަ ސެނިޓައިޒާ ބޭނުންކުރުން ރަނގަޅުވާނެ ކަމަށާއި، މީހުން މިފަދަ ސެނިޓައިޒާ ގަންނަނީ ދެ ވައްތަރުގެ ސެނިޓައިޒާ ހުންނަކަން ނޭނގިކަމަށްވެސް ސިއްހީ މާހިރުން ބުނެފައިވެއެވެ.

ސިއްހީ މާހިރުން އިލްތިމާސް ކޮށްފައިނުވާ އަލްކަހޮލް ނެތް ސެނިޓައިޒާ މިހާރު ވިކެމުންދާއިރު، މި ވައްތަރާއި ސީޑީސީއިން އިލްތިމާސް ކޮށްފައިވާ ވައްތަރު ތަފާތު ދެނެގަންނަން އުނދަގުވާނެއެވެ. 

އޭގެ ތެރެއިން ބައެއް ފުޅީގެ ކުރިމަތީގައި އަލްކަހޮލް ނެތް ކަމަށް ޖަހާފަ ނެތް ނަމަވެސް، ފަހަތުގައި "ބެންޒަލްކޯނިއަމް ކްލޮރައިޑް" ބޭނުން ކޮށްފައިވާކަން ވާނީ ޖަހާފައެވެ. އަދި އަލްކަހޮލް ފްރީ ފޯމިއުލާއެއް ކަމަށްވެސް ވާނީ ޖަހާފައެވެ. 

ގިނަ ފިހާރަތަކުގައި ފެންނަން ހުންނަނީ އެކި ކުންފުނިތަކުން އުފައްދާފައިވާ އަލްކަހޮލް ނުހިމެނޭ ސެނިޓައިޒާއެވެ. އެހެންނަމަވެސް ކަސްޓަމަރުންވަނީ މިފަދަ އެއްޗެހި ގަތުމަށްފަހު އެމީހުންގެ ރައްކާތެރިކަމަށް އެ އެއްޗެހި ބޭނުން ކުރަމުންދާކަމަށް ބުނެފައެވެ.

ސީޑީސީއިން އިލްތިމާސް ކޮށްފައިވަނީ 60 އިންސައްތަ އަލްކޮހޮލް ހިމެނޭ ސެނިޓައިޒާ ކޮރޯނާވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން ބޭނުން ކުރުމަށެވެ. ބެންޒަލްކޯނިއަމް ކްލޮރައިޑް ހިމެނޭ ސެނިޓައިޒާ އަކީ މިފަދަ ސެނިޓައިޒާހާ ރަނގަޅަށް މަސައްކަތް ކުރާ އެއްޗެއް ނޫންކަމަށާއި އަލްކަހޮލް ހިމެނޭ ސެނިޓައިޒާއަކީ އަބަދުވެސް އެންމެ ފުރަތަމަ ނިންމުމަށް ވާންޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.

އަދި ބެންޒަލްކޯނިއަމް ކްލޮރައިޑް ބޭނުން ކޮށްގެން އުފައްދާފައިވާ ސެނިޓައިޒާގައި ނައްތާލަނީ ކޮންކަހަލަ ޖަރާސީމެއްތޯ ކިޔާދީފައެއް ނުވާނެއެވެ. އަދި މިކަމާ ގުޅޭގޮތުން ސެނިޓައިޒާ އުފައްދާ ކުންފުނިތަކާ ސުވާލުކުރުމުން އެ ސުވާލަށް ޖަވާބު ދީފައެއް ނުވެއެވެ. 

އަލްކަހޮލް ހިމެނޭ ސެނިޓައިޒާ ވިއްކާ ފަރާތްތަކުން މި ސެނިޓައިޒާއަކީ ކޮރޯނާވައިރަސް އިން ސަލާމަތްވުމަށް ބޭނުންކުރެވޭނެ އެއްޗެއްކަމަށް އިސްތިހާރު ކޮށްފައިނުވާއިރު އަލްކަހޮލް ނުހިމެނޭ ސެނިޓައިޒާތަކުގައި ވަނީ 99 އިންސައްތަ ޖަރާސީމު ނައްތާލާކަމަށް ބުނެފައެވެ. 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ