އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 27/03/2020

ރާއްޖެއިން ކޯވިޑް-19އަށް ދިވެއްސަކު ޕޮޒިޓިވްވެއްޖެ

މިއަދު ދިަރުބާރުގާެގައި ކުރިއަށް ދިޔަ ޕްރެސް ކޮންފަރެންސްގެ ތެރެއިން
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 27/03/2020

ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޔޫކޭއިން ރާއްޖެ އައި ދިވެއްސެއް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއަދު ދަރުބާރުގޭގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 14 ވަނަ މީހާއަކީ ޔޫކޭއިން އައިސް ހޮލިޑޭ އައިލެންޑް ރިސޯޓުގައި 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަމުންދާ މީހެއް ކަމަށެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، މި މަހުގެ 21 ވަނަ ދުވަހު އިނގިރޭސިވިލާތުން ފުރައިގެން އައި 38 އަހަރުގެ ދިވެހި ފިރިހެނަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 22 ވަނަ ދުވަހުން ފެށިގެން އޭނާ ހުރީ ކަރަންޓީނުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަދި މިމީހާ ރާއްޖެ އައި ދުވަހުން ފެށިގެންވެސް އެއްވެސް އަލާމާތެއް ފެނިފައި ނުވާކަމަށް މިނިސްޓަރ ވިދާޅުވެފައެވެ. އެހެންނަމަވެސް ފަހުން އެ ބަލީގެ މައިލްޑް އަލާމާތްތައް ފެނުމުން ޓެސްޓް ހަދާފައިވާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ