އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 26/03/2020

އިތުރު މީހަކު ކޮރޯނާވައިރަހުން ރަނގަޅުވެއްޖެ

މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގެ ތެރެއިން
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 26/03/2020

ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19އަށް ޕޮޒިޓިވްވި އިތުރު މީހަކު އެ ބަލިން ރަނގަޅުވެއްޖެ އެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި އިތުރު މީހަކު އެ ބަލިން ރަނގަޅުވެއްޖެ އެވެ.

ކޯވިޑް-19އިން އިތުރު މީހަކު ރަނގަޅުވުމާއެކު، ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ ނުވަޔަކަށް އަރާފައެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުހައްމަދު އަލ ވިދާޅުވީ ކޯވިޑް-19އިން އެންމެފަހުން ރަނގަޅުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި އޮތް މީހެއް ކަމަށެވެ. އަދި މިއީ ދަރުމަވަންތަ ހޮސްޕިޓަލްގައި ބޭއްވުނު މި ބަލީގެ 3 ވަނަ ބަލިމީހާކަމަށް ޑރ. މުހައްމަދު އަލީ ވަނީ ވިދާޅުވެފަ އެވެ.

ކޯވިޑް-19 ޖެހުމަށްފަހުގައި 80 އިންސައްތަ މީހުންނަކީ އާދައިގެ އަލާމާތްތައް ފެންނަ މީހުންކަމަށް ޑރ. މުހައްމަދު އަލީ ވަނީ ވިދާޅުވެފައެވެ. އަދި 15 އިންސައްތަ މީހުން ނުރައްކާ ނިއުމޯނިއާއަށް ފިޓުވާއިރު، ރާއްޖެއިން ތިން މީހުން ނުރައްކާ ނިއުމޯނިއާ ޖެހިފައިވާ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

އަދި އެ ތިން މީހުންވެސް ބަލިން ރަނގަޅުވިކަންވެސް ޑޮކްޓަރ ވަނީ ފާހަގަކުރައްވާފަ އެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ މި ބަލި ޖެހި ނުރައްކާ ނިއުމޯނިއާގެ ހާލަތަށް ދާ މީހުންގެ ތެރެއިން ބައެއް ޤައުމުތަކުގައި 7 އިންސައްތަ މީހުން ފުރާނަ ދޫކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގައި އެކަހަލަ ހާލަތެއް ނެތްނަމަވެސް އެ ހާލަތަށް ނުދިއުމަށްޓަކައި އންމެންވެސް މަސައްކަތް ކުރަންޖެހޭ ކަމަށް ޑރ. މުހައްމަދ އަލީ ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށްވަނި 13 މީހުންނަށް ކޯވިޑް-19 ޖެހިފައެވެ އަދި އޭގެތެރެއިން 9 މީހުންވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ