އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 26/03/2020

މިދުވަސްވަރު ގޭގައި ގިނަ ވަގުތު ހޭދަ ކުރަންތަ؟ މިއީ ރަނގަޅު ސިއްހަތެއްގައި ހުންނާނެ ގޮތް

ޑޮކްޓަރުންވަނީ މި ދަނޑިވަޅުގައި ތިމާ އާއި ތިމާގެ އާއިލާ ސިއްހަތު ރަނގަޅު ބައެއްގެ ގޮތުގައި ތިބެވޭނެ ގޮތްތައް ކިޔައިދީފައެވެ. 
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 26/03/2020

ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކަރަންޓީނުގެ ސަބަބުން މުޅި ދުވަހު ގޭގައި ހުންނަން ޖެހުމުން އެކި ކަހަލަ ސިއްހީ މައްސަލަތަކާއި ކުރިމަތިލާން ޖެހިދާނެއެވެ. އެކަމާ ގުޅޭގޮތުން އެކި ޑޮކްޓަރުންވަނީ މި ދަނޑިވަޅުގައި ތިމާ އާއި ތިމާގެ އާއިލާ ސިއްހަތު ރަނގަޅު ބައެއްގެ ގޮތުގައި ތިބެވޭނެ ގޮތްތައް ކިޔައިދީފައެވެ. 

އެގޮތުން ކުރިމަތިވެދާނެ އެއް މައްސަލައަކީ ކޮމްޕިއުޓަރ އަދި ފޯނު ފަދަ ތަކެތި ބޭނުންކޮށްގެން ގޭގައި މަސައްކަތް ކުރަމުން ދިއުމުގެ ސަބަބުން މީހާގެ ޕޮސްޗާ އަށް ބަދަލުތަކެއް އައުމެވެ. 

އަބަދު އިށީންދެގެން މަސައްކަތް ކުރުމުން ކަރުގައާއި ބުރަކަށީގައި ރިއްސާނެއެވެ. މިފަދަ ކަންކަން ކުރިމަތިވަމުންދާ މީހެއްނަމަ ކަރަންޓީނުވެފައި ތިބޭއިރު ރަނގަޅު ސިއްހަތެއްގައި ދެމިހުރުމަށް އެކި ކަންކަން ކުރަން ޖެހޭނެއެވެ.

އެގޮތުން އެމެރިކާގައި މަސައްކަތް ކުރައްވަމުން އަންނަ ޑރ. ޖޯސެފް ސަލަމޮން އިލްތިމާސް ކޮށްފައިވާ ކަސްރަތު ތަކެއްވެއެވެ. 

ކޮންމެ ދުވަހަކު ހޭލައިގެން ތެދުވުމުގެ ކުރިން ސްޕައިނަލް ޓުވިސްޓް ހެދުމަށް ބުނެފައިވެއެވެ. އެނދުގައި އިށީންނުމަށްފަހު ކަކުލުގައި އަތް ބާއްވާލައިގެން ކޮންމެ ކޮޅަކަށް 20-15 ފަހަރު އެނބުރިލާށެވެ. މި ކަސްރަތުގެ ސަބަބުން މައިބަދައިގާ ހުންނަ ޑިސްކުތައް ހައިޑްރޭޓްވެ ދުވަހަށް ތައްޔާރު ކޮށްދެއެވެ. 

ހަމައެއާއެކު ދުވަހުގެ ކަންކަމައިގެން ކުރިއަށް ދިއުމުގެ ކުރިން ހެމްސްޓްރިންގް ސްޓްރެޗަސް ހެދުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން ފުރަތަމަ ގުދުވެލުމަށްފަހު ކަކުލުގައި އަތްލާށެވެ. އެއަށްފަހު ފައިގެ ކުޑަ ހުޅުގައި އަތްލާށެވެ. 

އިތުރު ކަސްތަރެއްގެ ގޮތުގައި ޑރ. ސަލަމޮން ބުނެފައިވަނީ ކޮންމެ ދުވަހަކު 3-2 ފަހަރު ތުވާއްޔެއް އޮޅާލުމަށްފަހު ކަރުދަށަށް ލައިގެން އޮށޯތުމަށެވެ. މިހެން ކަންތައް ކުރުމުގެ ސަބަބުން މީހާގެ ޕޮސްޗާ ރަނގަޅު ކުރުމަށް އެހީތެރިވެދެއެވެ.

ހަމައެއާއެކު، މިފަދަ ދަނޑިވަޅެއްގައި ސްޓްރެސް ވުމަކީ ވާނެކަމެކެވެ. މިކަމާ ގުޅޭގޮތުން ކުޑަކުދިންގެ ޑޮކްޓަރު ޑރ. ސަންޖޭ މެހްތާ ބުނެފައިވަނީ ގޭގައި މިހެން ތިބެންޖެހުމުން އަޅުގަނޑުމެން ސްޓްރެސް ވުމުން ކުޑަ ކުދިންނަށް އޭގެ އަސަރު ކޮށްފާނެކަމަށެވެ. އަދި އޭގެ އަސަރު ކުރިޔަ ނުދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ބުނެފައިވެއެވެ. 

އެ ކުދިން ސްކޫލަށް ނުގޮސް ގޭގައި ތިބެން ޖެހިފައިވާ މި ވަގުތުގައި ކިޔަވައިދިނުމުގެ އިތުރުން އެކުދިން މަޖާކޮށްލާނެ ވަގުތު ކޮޅެއް ދޭންވާނެ ކަމަށް ބުނެފައިވެއެވެ. އަދި ކުޑަކުދިންގެ ސިއްހަތަކީ ވެސް މި ވަގުތުގައި ވަރަށް މުހިންމުކަމެއް ކަމަށް ފާހަގަ ކޮށްފައިވެއެވެ.

މި ދަނޑިވަޅުގައި ގޭގައި ތިބެން ޖެހުމުން ކޮންމެ މީހަކަށް ވެސް މިފަދަ ކަންކަން ކުރިމަތިވާނެއެވެ. އެހެންނަމަވެސް މި ވައިރަސް އިން ސަލާމަތްވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ