އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 26/03/2020

ރާއްޖޭގެ 10 އަތޮޅެއްގައި ފްލޫ ކްލިނިކް ހުޅުވައިފި

މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 26/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިންވެސް ފެނިފައިވާ ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި ރާއްޖޭގެ 10 ރަށެއްގައި ފްލޫ ކްލިނިކް ހުޅުވައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރަޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ މި ފްލޫ ކްލިނިކްތައް ހުޅުވާފައިވަނީ ކޮންމެ ކޮންމެ ރަށެއްގެވެސް ސިއްހީ ހިދުމަތްދޭ ތަންތަނުން އިސްނަގައިގެން ކަމަށެވެ.

އެގޮތަށް އަލަށް ރާއްޖޭގައި ފްލޫ ކްލިނިކް ހުޅުވާފައިވާ ރަށްތަކަކީ ކުޅުދުއްފުށީ، ލ. ގަން، ފުވައްމުލައް، އައްޑޫ، ގއ. ވިލިގިލި، ގދ. ތިނަދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ބ. އޭދަފުށީގައި ކަމަށެވެ.

ފްލޫ ކްލިނިކް ތަކަކީ ރޯގާ ނުވަތަ ހުމުގެ އަލާމާތެއް ފެނިއްޖެނަމަ ހޮސްޕިޓަލަށް ނުގޮސް އަވަހަށް ފަރުވާ ލިބޭނެގޮތަށް ހަދާ ކްލިނިކް ތަކެކެވެ.

ސަރުކާރުންވަނީ މާލޭ ސަރަހައްދުގައި ޖުމްލަ ހަތަރު ފްލޫ ކްލިނިކެއް ޤާއިމްކޮށްފައެވެ. އެއީ ޓްރެވަލް ކްލިނިކާއި، ސެނަހިޔާ ފްލޫ ކްލިނިކް، ހުޅުމާލޭގައި ހުންނަ ބިދޭސީ ފްލޫ ކްލިނިކްގެ އިތުރުން ވިލިމާލޭގައި ޤާއިމްކޮށްފައިވާ ފްލޫ ކްލިނިކެވެ.

އަދި މީގެއިތުރުން އޭޑީކޭގެ ފަރާތުން އެހޮސްޕިޓަލްގައި ވެސް ހިލޭ ޑޮކްޓަރަށް ދެއްކޭގޮތަށް ވަނީ އޮންލައިން ފްލޫ ކްލިނިކެއް ހުޅުވާފައެވެ.

ރާއްޖެއިން މިހާތަނަށް 13 މީހެއް ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެތެރެއިން 8 މީހެއްވަނީ ބަލިން މުޅިން ރަނގަޅަވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ