އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 25/03/2020

ކޯވިޑް-19: ތައިލެންޑްގައި ކޭސްތައް އިތުރުވާތީ، އެޤައުމުގެ ލީޑަރު އިމަރޖެންސީ ބާރުތައް ބޭނުންކުރަން ފަށައިފި

ތައިލެންޑްގެ ލީޑަރު ކުއްލި ހާލަތުގެ މި ބާރުތައް އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ 2014 ވަނަ އަހަރުގައެވެ.
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 25/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އަވައްޓެރި ތައލެންޑްގައިވެސް ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވާން ފެށުމާއެކު، އެޤައުމުގެ ޕްރައިމް މިނިސްޓަރ ޕްރަޔުތް ޗެން އޯކާއަށް ލިބިފައިވާ ބާރުތަކުގެ ތެރެއިން ކުއްލި ހާލަތުގެ ބާރުތައް ބޭނުން ކުރައްވަން ފައްޓަވައިފި އެވެ.

އެގޮތުން ތައިލެންޑްގެ ލީޑަރަށް ލިބިފައިވާ މި ބާރުގެ އެހީގައި ދާދިފަހުންވަނީ ކޯވިޑް-19 އާއި ގުޅިގެން ސޯޝަލް މީޑިޔާގައި މީހުންގެ މެދުގައި ބިރާސް އުފެއްދުމަށް މަސައްކަތްކުރި މީހަކު ހައްޔަރުކޮށްފަ އެވެ.

ތައިލެންޑް ވެފައިވަނީ މެލޭޝިޔާއަށް ފަހު ދެވަނައަށް އޭޝިޔާގައި ކޯވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ އެއް ޤައުމަށެވެ. އެގޮތުން އެޤައުމުން މިހާތަނަށް ވަނީ ޖުމަލް 934 މީހުން ވައިރަހަށް ޕޮޒިޓިވްވެފައެވެ.  އިއްޔެ އެކަނިވެސް އެޤައުމުން 106 މީހުންވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

ތައިލެންޑްގެ ލީޑަރު ކުއްލި ހާލަތުގެ މި ބާރުތައް އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ 2014 ވަނަ އަހަރުގައެވެ. އަދި މިއަހަރުގެ ޖެނުއަރީން ފެށިގެން ފެތުރެމުންދާ މިވައިރަހާއި ދެކޮޅަށް މަސައްކަތް ކުރެއްވުމަށް ބާރުތަކުގެ ބޭނުން ހިފާނޭކަމަށް ލީޑަރުވަނީ ވިދާޅުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ