އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 25/03/2020

ރަބަރު އަންގި އެންމެ ގިނައިން އުފައްދާ މެލޭޝިޔާގައި ލޮކްޑައުން އިއުލާނު ކުރުމުން ގިނަ ބަޔަކު ހާސްކަމަކަށް

ދުނިޔޭގައި އުފައްދާ ކޮންމެ 5 ރަބަރު އަންގި އަކުން 3 އަންގި އުފައްދަނީ މެލޭޝިޔާގައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 25/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި ޑިސްޕޯސަބަލް ރަބަރު އަންގިއަކީ ނުހަނު ބޭނުންތެރި އެއްޗެކެވެ. ދުނިޔޭގައި އުފައްދާ ކޮންމެ 5 ރަބަރު އަންގި އަކުން 3 އަންގި އުފައްދާ މެލޭޝިޔާ އެއް މަސް ދުވަހަށް ލޮކްޑައުން އަކަށް ދިޔުމުން ހޮސްޕިޓަލްތަކަށާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ބޭނުންވާ ވަރަށް އަންގި ނުލިބިދާނެ ކަމުގެ ބިރު އުފެދިއްޖެއެވެ.

ދުނިޔޭގައި އެންމެ ގިނައިން ޑިސްޕޯސަބަލް ރަބަރު އަންގި އުފައްދާ ގައުމު ކަމަށްވާ މެލޭޝިޔާގެ ޓޮޕް ގްލަވް ކޯޕޮރޭޝަން އިން ރިޔުޓަރސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިހާރު އެތަނުގައި ބާކީ ހުރީ އެންމެ ދެ ހަފްތާއަށް ވާވަރުގެ އަންގި ކަމަށެވެ. މި ކުންފުނިން ދުވާލަކު 200 މިލިއަން އަންގި އުފައްދައެވެ. 

ކުންފުނީގެ ޗެއަރމަން ލިމް ވީ ޗައި ވިދާޅުވެފައިވަނީ އެ ކުންފުންޏަށް ކާޓަން ސަޕްލައި ކުރުން ލޮކްޑައުންގެ ސަބަބުން ހުއްޓުމަކަށް އައުމުން އަންގި ހޮސްޕިޓަލްތަކަށް މިވަގުތު ސަޕްލައި ކުރެވެން ދަތިކަމަށެވެ.

މެލޭޝިޔާއަކީ މިވަގުތު ސައުތު އީސްޓް އޭޝިޔާއިން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ގައުމެވެ. އެގައުމުގައި ކޮވިޑް-19 އަށް 1،800 މީހުން ޕޮޒިޓިވް ވެފައިވާ އިރު 19 މީހުން ވަނީ މަރުވެފައެވެ.

މެލޭޝިޔާ ލޮކްޑައުން އަކަށް ދިޔަ ކަމުގައި ވީނަމަވެސް އަންގި އުފައްދާ ކުންފުނިތަކާއި އެހެނިގެން ބައެއް ކުންފުނިތަކަށް ވަނީ މަސައްކަތް ކުރުމުގެ ހުއްދަ ދެވިފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ