އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 25/03/2020

ރާއްޖެއިން އިތުރު 3 މީހަކު ކޮރޯނާވައިރަހުން ރަނގަޅުވެއްޖެ

މިހާރު ދަރުބާރުގޭގައި ކުރިއަށް ދާ ޕްރެސް ކޮންފަރެންސްގެ ތެރެއިން (ފޮޓޯ: ދަ އެޑިޝަން(
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 25/03/2020

ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ ތެރެއިން އިތުރު 3 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

މިކަން އިއުލާންކުރައްވާފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން ރައީސް ސޯލިހްވަނީ ކޯވިޑް-19އިން ރައްކާތެރިކުރުމަށްޓަކައި ސިއްހީ އެހީތެރިން ކުރައްވާ މަސައްކަތަށް ޝުކުރު ދަންނަވާފައެވެ.

ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނޭޝަނަލް އިމަޖެންސީ ސެންޓަރުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮވިޑް19 ޖެހިފައި ތިބި މީހުންގެ ތެރެއިން ތިން މީހުން ރަނގަޅު ވެފައިވާ ކަމަށެވެ. އެހެން ކަމުން މިހާރު ރާއްޖޭގައި ތިބީ އެ ބަލީގެ ފަސް މީހުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖެއިން ކޯވިޑް-19އަށް 13 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި އޭގެތެރެއިން މިހާރުވަނީ 8 މީހުން ރަނގަޅުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ލިޔުން ޝެއަރކުރައްވާ