އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 25/03/2020

އިތުރު އެއް ހަފްތާއަށް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފި

މިހާރު ދަރުބާރުގޭގައި ކުރިއަށް ދާ ޕްރެސް ކޮންފަރެންސްގެ ތެރެއިން
168679_987dc2f1-e_
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 25/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިތުރު އެއް ހަފްތާއަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރިކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހް އިއުލާން ކުރައްވައިފި އެވެ.

މިހާރު ކުރިއަށްދާ ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައިމުގައި ރައީސް ސޯލިހްވަނީ  އާދީއްތަ ދުވަހުން ފެށިގެން އިތުރު އެއް ހަފުތާ އަށް އޮފީސްތަކާއި ކިޔަވައިދޭ ހުރިހާ ތަނެއް ބަންދުވާނެކަމަށް ވިދާޅުވެފައެވެ. އަދި މި މަހު 27 އިން ފެށިގެން އޮން އެރައިވަލް ވިސާ ވެސް ރާއްޖެ އަށް ނުދޭނެކަން ވަނީ އިއުލާންކުރައްވާފަ އެވެ.

ރާއްޖެއިން ކޯވިޑް-19އަށް 13 މީހުން ޕޮޒިޓިވްވުމާއި ގުޅިގެން ރައީސް އޮފީހުންވަނީ މި ހަފްތާވެސް ރަސްމީ ބަންދު ހަފްތާއެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

ސަރުކާރުގެ އޮފީސްތައް ބަންދުކުރުމުގެ އިތުރުން، ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި އިތުރު ތިން މީހަކު ރަނގަޅުވިކަން ރައީސްވަނީ އިއުލާން ކުރައްވާފައެވެ. އިތުރު ތިން މީހުން ރަނގަޅުވުމާއެކު، ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދުވަނީ އަށަކަށް އަރާފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ