އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 25/03/2020

ކޮވިޑް-19: "ފްލެޓަން ދަ ކާވް" ގެ މާނައަކީ ކޮބާ؟

"ފްލެޓަން ދަ ކާވް" އޭ ބުނާ ބަހުގެ މާނައަކީ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު އިންތިހާއަށް މަތިވެ، ސިއްހީ ހިދުމަތް ނުދެވޭ ވަރަށް ގިނަވުމުގެ ކުރިން ހުއްޓުވުމެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 25/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަސް ޖެހެމުންދާ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާއިރު ދަތުރުފަތުރު ކޮންޓްރޯލް ކުރުމަށް ސަރުކާރުތަކުން ވަނީ ފިޔަވަޅުތައް އަޅާފައެވެ.

މީހުންނަށް ވައިރަސް ޖެހެމުން ދާ އަދަދާއި މި ވައިރަސްގެ ސަބަބުން މީހުން މަރުވަމުންދާ އަދަދު އިތުރުވަމުންދާ މިންވަރަށް ބަލާފައި މި ފިޔަވަޅުތައް އަޅާފައިވަނީ އެކަމުގެ ސަބަބުން ވާނެ ގެއްލުންތަކަށް ވެސް ވިސްނާފައެވެ. 

މި ފިޔަވަޅުތަކުގެ ސަބަބުން އާންމުންނަށް އަދި ގައުމަށް އިގްތިސާދީގޮތުން ގެއްލުންތަކެއް ވާނެނަމަވެސް، މިހާރު ވައިރަސް ފެތުރެމުންދާ މިންވަރު ކޮންޓްރޯލް ކުރަންޖެހެއެވެ. 

ކޮންމެ ބައްޔެއްވެސް އައުޓްބްރޭކްއަކަށް ބަދަލުވުމުން މީހުންނަށް ބަލި ޖެހިފައިވާ މިންވަރަށް ބެލުމަށްފަހު ގްރާފްއެއް ހެދެއެވެ. ގްރާފްގައި މައްޗަށް އަރާފައިވާ ބަޔަކީ މި ބަލި މީހުންނަށް ޖެހިފައިވާ މިންވަރެވެ. އަދި މި އަދަދަކީ އާންމުކޮށް ގައުމުތަކުގެ ހެލްތުކެއާ ސިސްޓަމްތަކަށް ހިފެހެއްޓޭ ވަރަށް ވުރެ މަތީ އަދަދެކެވެ.

އެކި ގައުމުތަކުގައި މި އަދަދު އިތުރުވަމުންދާއިރު، މި އަދަދު އިތުރުވުން ހުއްޓޭނީ ކިހާ ހަމައަކުން ކަމެއް ނޭނގެއެވެ. އެހެންނަމަވެސް މި ކަންވުމުގެ ކުރިން މި ކާވް ތިރިކުރަން ޖެހެއެވެ. 

"ފްލެޓަން ދަ ކާވް" އޭ ބުނާ ބަހުގެ މާނައަކީ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު އިންތިހާއަށް މަތިވެ، ސިއްހީ ހިދުމަތް ނުދެވޭ ވަރަށް ގިނަވުމުގެ ކުރިން ހުއްޓުވުމެވެ.

ވައިރަސް ޖެހެމުންދާ މިންވަރު އެއްކޮށް މަދު ނުވެ ކޮވިޑް-19 ޕެންޑެމިކްއެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރުމަކީވެސް ވެދާނެ ކަމެކެވެ. 

"ފްލެޓެން ދަ ކާވް" އޭ އެބުނެވެނީ ވައިރަސް ޖެހޭ މީހުން އިތުރުވަމުންދާ ވަރަކަށް ލިބިފައިވާ ވަސީލަތްތައް ލިބެން ހުރި ވަރަކުން ރަނގަޅަށް ބޭނުން ކުރުމަށެވެ.

ޗައިނާގެ ވޫހާންގައި ކުރިއަށް ގެންގޮސްފައިވާ ހޯދުންތްކުން ދައްކާގޮތުން ކޮވިޑް-19 ގެ އާރް.އޯ އަދަދަކީ 3 އެވެ. މީގެ މާނައަކީ ކޮވިޑް-19 ޖެހިފައިވާ އެކަކުގެ ގައިން 3 މީހުންނަށް ވައިރަސް ޖެހޭނެއެވެ. އިންފްލުއެންޒާ ބަލީގެ އާރް.އޯ ނަންބަރަކީ 1 އެކެވެ.

އާރް.އޯ އަދަދު 1 އަކުން މަތި ވެއްޖެނަމަ އޭގެ މާނައަކީ ވައިރަސް ހަލުވިކަމާއެކު ފެތުރޭނެ ކަމެވެ. އަދި 1 އަކުން ދަށްވެއްޖެނަމަ އޭގެ މާނައަކީ އެކަކު އަނެކަކު ގަޔަށް ވައިރަސް އެރުން ހުއްޓުވި ވައިރަސް ފެތުރެމުންދާ މިންވަރު ކޮންޓްރޯލް ކުރެވޭނެ ކަމެވެ. 

އެހެންކަމުން ކޮވިޑް-19 ފެތުރެމުންދާ މިންވަރު ކޮންޓްރޯލް ކުރުމުގެ ގޮތުން މިބަލީގެ އާރް.އޯ ނަނަބަރު 1 އަކުން ދަށަށް ގެންނަން ޖެހެއެވެ. 

މިކަން ކުރެވޭނީ އިޖުތިމާއީ ގައިދުރުކުރުމުންނާއި ވައިރަސް އިން ލިބޭ ގެއްލުންތައް ކޮންޓްރޯލް ކުރުމުންނެވެ. މި ދެގޮތަކީވެސް ނޭވާލާ ނިޒާމުގެ ދެ ބަލިކަމަށްވާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޮމް އަދި މިޑިލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޮމް ގެ އިތުރުން އިންފްލުއެންޒާ ކޮންޓްރޯލް ކުރުމުގެ ގޮތުން ކޮށްފައިވާ ދެކަމެވެ.

ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމުގެ ގޮތުން ވައިރަސް ޖެހިފައިވާ މީހުން ލަސް ނުކޮށް ދެނެގަނެ، ވައިރަސް ޖެހިފައިވާ މީހުން އައިސޮލޭޓް ކުރުމުގެ އިތުރުން އެމީހާއާއި ކޮންޓެކްޓް ވެފައިވާ މީހުން ކޮންޓެކްޓް ޓްރޭސްކޮށް ދެނެގަތުން ފަދަ ކަންކަން ކުރެއެވެ.

މީގެ އިތުރުން ސްކޫލްތަކާއި ތައުލީމީ މަރުކަޒުތައް ބަންދުކޮށް، ދަތުރު ފަތުރު ކުރުން މަނާކޮށް، ސަރުކާރު އަދި އަމިއްލަ ކުންފުނިތައް ބަންދު ކުރުމުގެ އިތުރުން މުވައްޒަފުން ގޭގައި ހުރެގެން މަސައްކަތް ކުރަން ޖެހޭ ހާލަތަށްވެސް ވައިރަސް ފެތުރޭ މިންވަރަށް ބަލާފައި ގެންނަން ޖެހިދާނެއެވެ. 

ޗައިނާއިން މި ވައިރަސް ކޮންޓްރޯލް ކުރުމުގައި ތަފާތު ފިޔަވަޅުތައް އަޅައި 3 މަސް ތެރޭގައި ވައިރަސް ކޮންޓްރޯލް ކޮށް ނަމޫނާއަކަށް ވެފައިވާއިރު، އެހެން ގައުމުތަކުގައި ހަމަ އެފަދަ ވަސީލަތްތައް ހުރެ ވައިރަސް ކޮންޓްރޯލް ކުރުމުގެ ގާބިލުކަން ހުރި ނަމަވެސް އެކަން ކުރާނެ ހިއްވަރު އެބަހުރި ހެއްޔެވެ؟ 

މި ވަގުތަކީ އެކި ކަންކަން ގުރުބާން ކުރުމަށްފަހު މި ވައިރަސްއިން ސަލާމަތް ވުމަށް މަސައްކަތް ކުރަންވީ ވަގުތެވެ. އެކަކު އަނެކަކާ ދުރުގައި އުޅުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަން ޔަގީނެވެ. 

 އެހެންނަމަވެސް މިފަދަ ދަނޑިވަޅެއްގައި އުނދަގޫ ވިނަމަވެސް މިފަދަ ނިންމުންތައް ނިންމަން ޖެހެއެވެ. މި ވައިރަސް ދުނިޔޭގެ އެކި ހިސާބުތަކުގައި ބާރު މިނެއްގައި ފެތުރެމުން ދާއިރު، ވައިރަސް ހުއްޓުމަކަށް ގެނެވޭނީ އެންމެން އެއްކޮށް މަސައްކަތް ކޮއްގެންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ