އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 25/03/2020

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެންމެ ރަނގަޅީ މި ތިން ފިޔަވަޅު: ދިރާސާ

ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި މިބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުން 420،000 އަށް އަރާފައިވާއިރު، މިބަލީގެ ސަބަބުން 19،000 މީހުން ވަނީ މަރުވެފައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 25/03/2020

COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އެޅޭނެ އެންމެ މުހިންމު ފިޔަވަޅުތަކަކީ ގިނަ ތަންތަން އެއްފަހަރާ ލޮކްޑައުންގެ ހާލަތައް ގެނައުން ކަމަށް ސިންގަޕޯ ގެ ދިރާސާ ޓީމަކުން ހޯދައިފިއެވެ.

އެގޮތުން މި ތިން ފިޔަވަކީ ޕޮޒިޓިވް ވާ މީހުންނާއި އެމީހުންގެ އާއިލާ ކަރަންޓީން ކުރުމާއި، ސްކޫލްތައް ބަންދު ކުރުމާއި، މަސައްކަތް ކުރާ ތަންތަން ބަންދުކޮށް ގޭގައި މަސައްކަތް ކުރެވޭނެ ގޮތް ހެދުމެވެ. މި ތިން ކަންތަކުން ވެސް މިބަލި ކޮންޓްރޯލް ކުރުމަށް އެހީވެދެއެވެ. ނަމަވެސް އެންމެ ރަނގަޅު ނަތީޖާއެއް ނެރެވޭނީ މި ތިން ކަންތައް އެއްފަހަރާ ކޮށްގެން ކަމަށް ދިރާސާ ޓީމުން ބުނެފައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި މިބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުން 420،000 އަށް އަރާފައިވާއިރު، މިބަލީގެ ސަބަބުން 19،000 މީހުން ވަނީ މަރުވެފައެވެ.

ސިންގަޕޯއިން ވަނީ މިހާތަނަށް 558 ކޭސް ރިޕޯޓުކޮށްފައެވެ. އަދި އެގައުމުގައި މަރުވެފައިވަނީ 2 މީހުންނެވެ. ސިންގަޕޯގައިވެސް މީހުން ދުރުކުރުމަށް މަސައްކަތްތަކެއް ކުރެވެމުން އެބަ ދެއެވެ. ނަމަވެސް ސްކޫލްތައް ބަންދެއް ނުކުރެއެވެ.

މީގެ ކުރިން ސިންގަޕޯގެ ނެޝަނަލް ޔުނިވަރސިޓީއިން ވެސް ވަނީ ސޯޝަލް ޑިސްޓަންސިންގ (އެކަކު އަނެކަކާ ދުރުގައި އުޅުން) އިން ލިބޭނެ ފައިދާއަށް ބަލާފައެވެ. މިދިރާސާވަނީ ދަ ލޭންސެޓް އިންފެކްޝަސް ޑިސީސް ޖަރނަލްގައި ޝާއިއުކޮށްފައެވެ.

ދިރާސާގައި ބުނެފައިވަނީ މަސައްކަތު މާހައުލުގައި އެކަކު އަނެކަކު ދުރުކުރުމާއި ޕޮޒިޓިވް ވާ މީހުން ކަރަންޓީން ކުރުމަކީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޅޭނެ އެންމެ މުހިންމު ދެ ފިޔަވަޅު ކަމަށެވެ. ނަމަވެސް ކުރިން ބުނެވުނު ތިން ފިޔަވަޅު އެއްފަހަރާ އެޅުމުން ލިބޭ ނަތީޖާ މާރަނގަޅެވެ.

މަސައްކަތު މާހައުލުގައި މީހުން ދުރުކުރުމާއި މީހުން ކަރަންޓީން ކުރުމަށްފަހު ދެން އެންމެ ރަނގަޅު ނަތީޖާއެއް ލިބިފައިވަނީ ސްކޫލްތައް ބަންދުކުރުމާއި މީހުން ކަރަންޓީން ކުރުމުންނެވެ. އަދި އެއަށްފަހު އެންމެ ރަނގަޅު ނަތީޖާ ލިބިފައިވަނީ ހަމައެކަނި މީހުން ކަރަންޓީން ކުރުމުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ