އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 24/03/2020

ކޮވިޑް-19: އިޓަލީގައި 60 އަހަރުން މަތީގެ މީހުންނަށް މިހާރު ފަރުވާ ނުކުރާކަމަށް އެތަނުގައި މަސައްކަތް ކުރާ ޑޮކްޓަރެއް ބުނެފި

އިސްރޭލުގެ ޓީވީ ޗެނަލް އަކާ ވާހަކަ ދައްކަމުން އިޓަލީގެ ރަށެއް ކަމަށްވާ ޕާރމާގައި މަސައްކަތް ކުރައްވަމުން އަންނަ ޑރ. ގައި ޕެލެގް ބުނެފައިވަނީ އިޓަލީގެ ހާލަތު ދަނީ ދުވަހަކަށް ވުރެ ދުވެހެއް ގޯސް ވަމުން ކަމަށެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 24/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އިޓަލީގެ ބައެއް ހިސާބުތަކުގައި 60 އަހަރުން މަތީގެ ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާ ނުކުރުމަށް އެންގިފައިވާ ކަމަށް އެތަނުގައި މަސައްކަތް ކުރަމުންދާ އިސްރޭލު ޑޮކްޓަރެއް ބުނެފިއެވެ.

އިސްރޭލުގެ ޓީވީ ޗެނަލް އަކާ ވާހަކަ ދައްކަމުން އިޓަލީގެ ރަށެއް ކަމަށްވާ ޕާރމާގައި މަސައްކަތް ކުރައްވަމުން އަންނަ ޑރ. ގައި ޕެލެގް ބުނެފައިވަނީ އިޓަލީގެ ހާލަތު ދަނީ ދުވަހަކަށް ވުރެ ދުވެހެއް ގޯސް ވަމުން ކަމަށެވެ.

އޭނާ މަސައްކަތް ކުރާ ޑިޕާޓްމަންޓަށް ކޮންމެ ދުވަހަކުވެސް ދާއިމީ ބަލިތައް ތަހައްމަލް ކުރަންމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުން ގެނެވެއެވެ. އަދި ދެވޭ އިސްކަމަކީ އެމީހުންގެ އެންމެ ފަހު ވަގުތުކޮޅުގައި އާއިލާ މެމްބަރުންނާއި އެކު ވަގުތު ހޭދަ ކުރަން ދިނުން ކަމަށް ޑރ. ޕެލެގް ވަނީ ބުނެފައެވެ.

ޑރ. ޕެލެގް އިތުރަށް ބުނެފައިވަނީ އޭނާގެ ހޮސްޕިޓަލުން ދީފައިވާ އިރުޝާދަކީ 60 އަހަރުން މަތީގެ މީހުންނަށް އާޓިފިޝަލް ރެސްޕިރޭޓަރ މެޝިން ބޭނުންކޮށްގެން ފަރުވާ ނުދިނުމަށެވެ. ސަބަބަކީ މިފަދަ މެޝިންތަކުގެ އަދަދު މަދުވުމުންނެވެ. ނަމަވެސް މިމެޝިނަކީ ކޮވިޑް-19 ގެ ސަބަބުން ހާލު ބޮޑުވެފައިވާ މީހުންނަށް ފަރުވާދިނުމަށް މުހިންމެ މެޝިނެކެވެ.

މީގެ ހަތަރު ދުވަސް ކުރިން އިނގިރޭސިވިލާތުގެ މިނިސްޓަރެއްވެސް ވަނީ އިޓަލީގައި 60 އަހަރުން މަތީގެ މީހުންނަށް ފަރުވާ ނުކުރާކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ. ނަމަވެސް އިޓަލިގެ އެމްބަސީއިން ވަނީ އެކަން ދޮގުކޮށްފައެވެ. އަދި މިނިސްޓަރ ކުރި ޓްވީޓްވެސް ވަނީ މިހާރު ޑިލީޓް ކޮށްފައެވެ.

އިޓަލީގައި މިހާތަނަށް 64،000 މީހުން މިބަލީގެ ޝިކާރައަކަށް ވެފައިވާއިރު އޭގެ ތެރެއިން 6،000 މީހުން ވަނީ ބަލީގެ ސަބަބުން މަރުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ