އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 24/03/2020

ކުޅުދުއްފުށީގައި ފްލޫ ކްލިނިކެއް ހުޅުވައިފި

މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވުނު ޕްރެސް ކޮންފަރެންސްގެ ތެރެއިން
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 24/03/2020

Kulhudhuffushi Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ހދ. ކުޅުދުއްފުށީގައިވެސް ސަރުކާރުން ފްލޫ ކްލިނިކެއް ޤާއިމްކޮށްފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ރައީސް އޮފީހުގެ އަންޑަރ ސެކްރަޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ ކުޅުދުއްފުށީގައި ހުޅުވި ފްލޫ ކްލިނިކް ހުންނާނީ އެރަށުގެ ރީޖަނަލް ހޮސްޕިޓަލްގެ ކައިރީގައި އަލަށް ހެދި އާ އިމާރާތުގައި ކަމަށެވެ.

އަދި މިކްލިނިކް ކޮންމެ ދުވަހެއްގެވެސް ހެނދުނު 09:00 އިން ހަވީރު 4:00 އަށް ކަމަށް މަބްރޫކްވަނީ ވިދާޅުވެފައެވެ. ކުޅުދުއްފުށީ ފްލޫ ކްލިނިކްގެ ބްރޭކްގަޑިއަކީ މެންދުރު 12:00އިން 13:00 އަށް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ފްލޫ ކްލިނިކަނީ ރޯގާގެ ނުވަތަ ހުމުގެ އަލާމާތެއް ހުރިނަމަ ހޮސްޕިޓަލަކަށް ނުގޮސް ހިދުމަތް ލިބޭނެގޮތަށް ތައްޔާރުކޮށްފައިވާ ވަގުތީ ކްލިނިކެވެ.

ރާއްޖެއިން ކޯވިޑް-19 13 މީހެއް ޕޮޒިޓިވްވުމާއި ގުޅިގެން ސަރުކާރުންވަނީ މާލޭ 4 ސަރަހައްދުގައި 4 ފްލޫ ކްލިނިކް ހުޅުވާފައެވެ. އެއީ ޓްރެވަލް ކްލިނިކް އަކާއި، ސެނަހިޔާ ފްލޫ ކްލިނިކާއި ހުޅުމާލޭގަ ހުންނަ ބިދޭސީންނަށް ހާއްސަ ފްލޫ ކްލިނިކްގެ އިތުރުން އިއްޔެ ވިލިމާލޭގައި ހުޅުވި ފްލޫ ކްލިނިކެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ