އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 24/03/2020

ނޭވާ ހިއްލުން ހުންނަ މީހުން ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތައް އަޅަންޖެހޭ

ސީޑީސީ އިން ވަނީ މިފަދަ މީހުން އަމަލު ކުރަންޖެހޭ ގޮތުގެ ގައިޑްލައިންއެއް ނެރެފައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 24/03/2020

Coronavirus COVID-19 Asthma
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

އެސްމާ ނުވަތަ ނޭވާ ހިއްލުން ތަހައްމަލު ކުރާ ބަލިމީހުންނަށް ކޮރޯނާވައިރަސްގެ އަސަރު ބޮޑު ވެދާނެ ކަމަށް އެމެރިކާގެ ސެންޓަރސް ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފިއެވެ.

ސީޑީސީ އިން ވަނީ މިފަދަ މީހުން އަމަލު ކުރަންޖެހޭ ގޮތުގެ ގައިޑްލައިންއެއް ނެރެފައެވެ. އަދި މީގައި އެކުލެވިގެންވަނީ މިހާތަނަށް ކޮވިޑް-19 އާއި ބެހޭގޮތުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ނެރެފައިވާ ފިޔަވަޅުތަކެކެވެ.

ކޮވިޑް-19 އަކީ އިންސާނާގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. އޭގެ ތެރޭގައި ނޭފަތް، ކަރު އަދި ފުއްޕާމޭ ހިމެނެއެވެ. ވައިރަސްގެ ސަބަބުން އެސްމާ އެޓޭކެއް ކުރިމަތިވުން އެކަށީގެންވެއެވެ. އަދި ނިއުމޯނިއާ އާއި ނޭވާލާ ނިޒާމުގެ ބަލިތަކާއި ވެސް ކުރިމަތިލާން ޖެހިދާނެއެވެ.

މިވައިރަސް އިން ރައްކާތެރިވެވޭނެ އެންމެ ރަނގަޅު ގޮތަކީ އެވައިރަސް ފެތުރުމުގެ ފުރުސަތު ކުޑަކުރުމެވެ. ނަމަވެސް ނޭވާ ހިއްލުން ހުންނަ ބަލިމީހުން ގިނަ ގިނައިން އަތްދޮވެ، ވީހާވެސް ގިނަ ވަގުތު ގޭގައި މަޑުކުރުމުގެ އިތުރުން އެހެން ބަލިމީހުންނާއި ދުރުގައި އުޅެ، ކެއުން ބުއިމަށް ވަކި ތަށި ފަދަ ތަކެތި ބޭނުންކުރަން ވާނެއެވެ. އަދި ގޭތެރޭ ގިނައިން އަތްލެވޭ ތަންތަން ޑިސްއިންފެކްޓްކޮށް ސާފުކުރަންވެސް ވާނެއެވެ.

މީގެ އިތުރުން ސީޑީސީގެ ގައިޑްލައިންގައި ބުނެފައިވަނީ އެސްމާ ޕޭޝަންޓުންނަށް ދެވިފައިވާ ބޭސް ގަވާއިދުން ކެއުމަށެވެ. އަދި ގޭގައި ގިނަދުވަސް ވަންދެން މަޑުކުރަން ޖެހިއްޖެ ހާލަތުގައި ޑޮކްޓަރާ ވާހަކަދައްކައިގެން ދިގު މުއްދަތަކަށް ބޭސް ނެގުމަށް ވެސް ސީޑީސީ އިން އިރުޝާދު ދެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ