އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 23/03/2020

ކޮވިޑް-19 ގެ ސަބަބުން ވަސް ނުދުވުމާއި، ރަހަ ނުލާނެކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތަކީ ކޮބާ؟

މިގޮތަށް ބުނެ ލިޔުންތަކެއް ސޯޝަލް މީޑިއާގައި ފެތުރެން ފެށި ވާހަކަތަކަކީ ހަގީގަތެއް ބާ؟
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 23/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮވިޑް-19 ގެ އަލާމާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ފެންނާނެ އަލާމާތަކީ ވަސް ނުދުވުމާއި، ރަހަ ނުލުން ކަމަށް ބުނެ ލިޔުންތަކެއް ސޯޝަލް މީޑިއާގައި ފެތުރެން ފެށިއެވެ. މިއީ ހަގީގަތެއް ބާ؟

މިވަގުތާއި ހަމައަށް މިކަން ޔަގީން ކޮށްފައިވާ އެއްވެސް ޕިޔަރ ރިވިއުޑް (ގިނަ ދިރާސާވެރިން ހެކިވާ) ދިރާސާ އެއް ނުވަތަ ކްލިނިކަލް އެއްވެސް ޓެސްޓެއް ނެތެވެ.

ސިއްހީ މާހިރުންނަށް އަދިވެސް ކޮވިޑް-19 ގެ ހުރިހާ އަލާމާތްތައް ޔަގީންވެފައެއް ނުވެއެވެ. ނަމަވެސް ހުން އައުމާ، ކެއްސުން އަދި ނޭވާލާން އުނދަގޫވުން އެއީ އެންމެ އާއްމު އަލާމާތްތައް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ މީގެ ކުރިން ބުނެފައެވެ.

މީގެ އިތުރުން ވަސް ނުދުވުމާއި ރަހަ ނުލުމަކީ އެލާޖީ އެއްގައި ވެސް ފެންނަ އަލާމާތެކެވެ. އަދި ސިނގިރޭޓު ބުއިން ފަދަ ކަންކަމުންވެސް މިހެން ވުން އެކަށީގެންވެއެވެ.

ކޮވިޑް-19 ގެ އަލާމާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ފެންނާނެ އަލާމާތަކީ ވަސް ނުދުވުމާއި، ރަހަ ނުލުން ކަމަށް ބުނެ ފެތުރޭ ލިޔުންތަކުން މިމައުލޫމާތު ނަގައިފައިވަނީ އެމެރިކަން އެކަޑަމީ އޮފް އޮޓޮލަރިންގޮލޮޖީ-ހެޑް އެންޑް ނެކް ސަރޖަރީ އިން ނެރެފައިވާ ބަޔާނަކުންނެވެ. 

މިބަޔާނުގައި ބުނެފައިވަނީ މިއަލާމާތްތައް ފެނިއްޖެ ހިނދެއްގައި އެއީ ކޮވިޑް-19 ގެ ސަބަބުން ފެންނަ އަލާމާތްތަކަކަށް ވެދާނެ ކަމަށް ޑޮކްޓަރުން ވިސްނާ، އެ ބަލިމީހަކު އެކަހެރިކޮށް ޓެސްޓުކުރުމަށް އިސްކަމެއް ދޭން ޖެހޭނެ ކަމަށެވެ.

އެ މީހަކު އަމިއްލައަށް ކޮވިޑް-19 އަށް ޕޮޒޓިވްތޯ ދެނެގަތުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ކަމުން އެންމެ ރަނގަޅު ގޮތަކީ އެޗްޕީއޭ އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެންގުން ތަކަށް ސަމާލުކަން ދިނުމަށެވެ.

މީގެ އިތުރުން ފަރުދީ ޒިންމާ އަދާކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން މިދުވަސްވަރު މުހިންމެވެ. އަދި ނޭވާލާން އުނދަގޫވެ މޭގައި ރިއްސުން ފަދަ އެމަޖެންސީ އަލާމާތެއް ފެނިއްޖެ ނަމަ ވަގުތުން ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވިސްނަންވާނެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ