އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 23/03/2020

ވިލިމާލޭގައި ފްލޫ ކްލިނިކެއް ހުޅުވައިފި

މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވުނު ޕްރެސް ކޮންފަރެންސްގެ ތެރެއިން
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 23/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19 އާއި ގުޅިގެން ވިލިމާލޭގައި ފްލޫކްލިނިކެއް ހުޅުވައިފި އެވެ.

މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އަންޑާސެކެޓްރީ އަދި ކޮރޯނާވައިރަހާ ގުޅިގެން ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ ވިލިގިލީގައ ފްލޫ ކްލިނިކް ހިންގަނީ އައިޖީއެމްއެޗްގެ ފަރާތުން ކަމަށެވެ.

އަދި މި ފްލޫ ކްލިނިކް ހެނދުނު 10:00 އިން ރޭގަނޑު 06:00އަށް ހުޅުވިފައި ހުންނާނޭކަމަށް މަބްރޫކްވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ރޯގާގޭ އަލާމާތެއް ނުވަތަ ކޯބައްޔަށް ޓެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް މި ކްލިނިކުން ހިދުމަތް ލިބޭނޭކަމަށް މަބްރޫކްވަނީ ވިދާޅުވެފައެވެ.

ވިލިމާލޭގައި ހުޅުވި ފްލޫކްލިނިކާއެކު މިހާރު މާލޭ ސަރަހައްދުގައި ޖުމްލަ 4 ކްލިނިކެއް ވަނީ ޤާއިމްކުރެވިފައެވެ.

އޭގެތެރޭގައި ޓްރެވަލް ކްލިނިކާއި، ސެނަހިޔާގައި ހުންނަ ފްލޫ ކްލިނިކްގެ އިތުރުން ބިދޭސީންނަށް ހާއްސަ ފްލޫ ކްލިނެއްވެސް ވަީ ހުޅުމާލޭގައި ޤާއިމްކޮށްފައެވެ. އަދި އޭޑީކޭގައި އޮންލައިން ފްލޫ ކްލިންކްގެ ހިދުމަތްވެސް ދަނީ ފޯރުކޮށްދެމުންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ