އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 23/03/2020

ކޮވިޑް-19: އިތުރު 2 މީހަކު ބަލިން ރަނގަޅުވެ، ރަނގަޅުވި މީހުންގެ އަދަދު ފަހަކަށް

މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވުނު ޕްރެސް ކޮންފަރެންސްގެ ތެރެއިން
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 23/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިތުރު ދެމީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ ކޯވިޑް-19އިން އަލަށް ރަނގަޅުވި ދެމީހުން މިހާރު ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ. މި ދެމީހުން ރަނގަޅުވުމާއެކު ކޮރޯނާއިން ރަނގަޅުވި މީހުންގެ އަދަދު ވަނީ ފަހަކަށް އަރާފައެވެ.

ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ މިބަލިން ބަޔަކު ރަނގަޅުވުމަކީ މިބަލި ޖެހުމަށް އޮތް ރިސްކް ކުޑަވުމެއް ނޫންކަމަށެވެ. އަދި ގޭގައި އެކަހެރިވެތިބުމުން ހުއްޓާނުލުމަށްވެސް ޑޮކްޓަރވަނީ ނަސޭހަތްތެރިވެލައްވާފަ އެވެ.

ގޭގައި އެކަހެރިވެތިބުމަށް އެދިލެއްވި ސަބަބަކީ އަދިވެސް ރާއްޖެއިން ބޭރުން މީހުން ރާއްޖެއައުން ކަމަށް ޑޮކްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ވައިރަހަށް ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓި ޓްރޭސިންވި މީހުން އަދިވެސް އައިސޮލޭޝަންގައި ތިބިކަމަށް ޑރ. މުހައްމަދު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

މިދުވަސްވަރު ގޭގައި އެކަހެރިވުމުގެ މައިގަނޑު ބޭނުމަކީ އެކެއްގެ ފަރާތުން ދެތިން މީހުންނަށް ބަލިޖެހި ބަލި ފެތުރުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. އަދި ބަލި ފެތުރުން ހުއްޓުވުމަށް އެންމެ މުހިންމު ކަމަކީ ގޭގައި އެކަހެރިވުންކަމަށް ޑޮކްޓަރ ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން މިހާތަނަށްވަނީ ޖުމްލަ 13 މީހަކަށް ކޯވިޑް-19 ޖެހިފައެވެ. އަދި ބަލިޖެހުނު އެންމެންނަކީ ބިދޭސީންނަށްވާއިރު އޭގެތެރެއިން 5 މީހަކުވަނީ ބަލިން ރަނގަޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ