އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 22/03/2020

ފެލެއިނީ އާއި ޑައިރެކްޓް ކޮންޓެކްޓްވި މީހުން 1676އަށް ރިޕޯޓުކޮށްދީ: މަބްރޫކް

މިރޭ ދަރުބާރުގޭގައި ކުރިއަށް ދިޔަ ޕްރެސް ކޮންފަރެންސްގެ ތެރެއިން
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 22/03/2020

COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ދާދިފަހުން ރާއްޖެއަށް ޒިޔާރަތްކުރި ފުޓުބޯޅަ ކުޅުންތެރިޔާ ފެލެއިނީ އާއި ޑައިރެކްޓް ކޮންޓެކްޓްވި މީހުން 1676އަށް ގުޅައި ރިޕޯޓުކޮށްދިނުމަށް މަބްރޫކް އަޒީޒް އެދިވަޑައިގެންފި އެވެ.

ފެލެއިނީ ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރައިގެންދިޔަ ފަހުންނެވެ.

އަދި ފެލެއިނީ ވައިރަހަށް ޕޮޒިޓިވްވުމުގެ ކުރިން ޗައިނާއަށް ގޮސްފައިވުމާއެކު، ބޮޑަށް ލަފާކުރެވެނީ ވައިރަސް އަރާފައިވަނީ ޗައިނާއިންކަމަށް މަބްރޫކްވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ފެލެއިނީ ރާއްޖޭގައި ހުރި ދުވަސްކޮޅު ޑައިރެކްޓް ކޮންޓެކްޓްވެފައިވާ ފަރާތްތައް ބަލަމުންދާކަމަށް މަބްރޫކްވަނީ ވިދާޅުވެފައެވެ.

އަދި އެފަދަ ފަރާތެއް ހުރިނަމަ ލަސްނުކޮށް ރިޕޯޓްކޮށްދިނުމަށް މަބްރޫކްވަނީ އެދިފައެވެ .

 

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ