އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 22/03/2020

މުޅި މާލެ އަދި ހުޅުމާލެ ޑިސްއިންފެކްޓް ކުރުމުގެ ހަރަކާތެއް ހިންގަނީ

މިހާރު ދަރުބާރުގޭގައި ކުރިއަށް ދަ ޕްރެސް ކޮންފަރެންސްގެ ތެރެއިން
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 22/03/2020

COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19 އާއި ގުޅިގެން މުޅި މާލެ އަދި ހުޅުމާލެ ޑިސްއިންފެކްޓް ކުރުމުގެ ހަރަކާތެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ސްޕޯކްސްޕާރސަން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

އެގޮތުން މާލެ ޑިސްއިންފެކްޓްކުރަން ނިންމާފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މާދަމާ ހެނދުނު 8 ޖަހާއިރު އެވެ. އަދި އެޗްޑީސީގެ ފަރާތުން މާދަމާ ހުޅުމާލެވެސް ޑިސްއިންފެކްޓް ކުރާނޭކަމަށް މަބްރޫކްވަނީ ވިދާޅުވެފައެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑް-19 ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން ކުލޮރިން އަޅައިގެން މާލޭގެ މަގުތައް ދޮވެ ސާފުކުރުމުގެ މަސައްކަތް އެ ކައުންސިލާއި ސިފައިން ގުޅިގެން ކުރަމުންދާއިރު، އަޑީގައި ކުނި ޖަމާވާ ގޮތަށް މަގުމަތީގައި ބަހައްޓާފައި ހުރި ޕެލެޓުތަކާއި ހަލާކުވެފައި ހުރި ޕެލެޓުތައް ނެގުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ކޮވިޑް-19 ވައިރަސް ރާއްޖެއިންވެސް ފެނިފައިވާއިރު، ސަރުކާރުން ވަނީ މި މަހުގެ 12 ވަނަ ދުވަހު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ