އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 22/03/2020

އާއްމުން ރިލެކްސްވާހެން އަޅުގަނޑުމެންނަށް ލަފާކުރެވޭ، މިއީ ހަފްތާއެއްތެރޭ ކޮންޓްރޯލް ކުރެވޭނެ ކަމެއްނޫން: ޑރ. ނަޒްލާ

މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވުނު ޕްރެސް ކޮންފަރެންސްގެ ތެރެއިން
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 22/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

މިދުވަސްވަރު ބައެއް މީހުން ކޯވިޑް-19އިން ރަނގަޅުވާފެށުމުން އާއްމުން އަނެއްކާވެސް ކުރީގެ ހާލަތަށް ރުޖޫއަވަމުން ދާތަން ފެންނަކަމަށް ޑރ. ނަޒްލާ ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާވަނީ މިއީ ހަފްތާއެއް ދެހްފާތެރޭގައި ކޮންޓްރޯލް ކުރެވޭނެކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

ޑރ. ނަޒްލާ ވިދާޅުވެފައިވަނީ ކޮވިޑް-19 ދުނިޔޭގައި ފެތުރޭ ނިސްބަތަށް ބަލާފައި، ހަމަޖެހިލައިގެން މަޑުމަޑުން ތިބެވެން ނެތް ކަމަށެވެ.

އަދި މިބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނީ ޓެސްޓުކޮށް، ކޮންޓެކްޓް ޓްރޭސިންގް ހެދުމުގެ އިތުރުން ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާ ކުރުމުން ކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މަގުތައްމަތި އަނެއްކާވެސް ހަލަބޮލިވަމުންދާކަން ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. ޑރ. ނަޒްލާ ވަނީ ވަރަށް ގިނަމީހުން ލޮކްޑައުންއަށް ނުގޮސްގެން ގިނަ ވާހަކަތަކެއް ދެއްކިނަމަވެސް މަގުމަތިން މީހުން މަދުނުވާކަން ފާހަގަކުރައްވާފައެވެ.

އަދި މިހެން ދިމަވަނީ ޕޮޒިޓިވް ކޭސްއެއް ނުފެންނަތާ ގިނަދުވަސްވުމުން ކަމަށްވުންވެސް އެކަށީގެންވާކަމަށް ނަޒްލާވަނީ ވިދަޅުވެފައެވެ.

އެހެންނަމަވެސް އަދި ރާއްޖެ މިއޮތީ ވަރަށް ނާޒުކު ހާލަތެއްގައިކަމަށާއި، ކޮންމެ ވަގުތެއްގައިވެސް މީހަކު ޕޮޒިޓިވް ވެދާނޭކަމަށް ޑރ. ނަޒްލާވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން މިހާތަނަށްވަނީ 13 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި އޭގެތެރެއިން 3 މީހަކުވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން މިހާތަނަށް މިބަލި ފެނިފައިވަނީ ހުސް ބިދޭސީންގެ ގައިންނެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ