އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 21/03/2020

ކޯވިޑް-19: ބަޔަކު ބަލިން ރަނގަޅުވުމަކީ ބަލި މުޅިން ކޮންޓްރޯލްވުމެއް ނޫން: ޑރ. މުރާދު

މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ: އަވަސް)
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 21/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުން ބަލިން ރަނގަޅުވުމަކީ ބަލި މުޅިން ކޮންޓްރޯލްވުމެއް ނޫންކަމަށް ޑރ. މުރާދު ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދުވަނީ ރާއްޖެއިން 3 ވަނަ މީހަކު ކޯވިޑް-19އިން ރަނގަޅުވިކަން އިއުލާންކުރައްވާފަ އެވެ.

އެހެންނަމަވެސް މިފަދަ ނަތީޖާތަކުގެ ފައިދާ ފެންނަމުންދާނީ ފަރުދީ ޒިންމާ އަދާކުރާ މިންވަރަކުން ކަމަށެވެ.

ޑރ. މުރާދު އިތުރަށް ވިދާޅުވީ އެބޭފުޅުން ކުރާ އިލްތިމާސްތަކަށް ރައްޔިތުން ބޯލަނބާ މިންވަރަކުން ނޫނީ މިފަދަ ނަތީޖާތަކުގެ ފައިދާއެއް ނުކުރާނެކަމަށެވެ. އަދި ކޯވިޑް-19ގެ ނުރައްކާ އަދިވެސް ވަރަށްބޮޑަށް އޮތްކަމަށް ޑރ. މުރާދުވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން އަދިވެސް ވަރަށްބޮޑު ރިސްކެއްގަ މިތިބެނީ" ޑރ. މުރާދު ވިދާޅުވިއެވެ.

ޑރ. މުރާދު ވިދާޅުވީ މިބަލި ފެތުރުން ކޮންޓްރޯލްކުރެވޭނީ އެބޭފުޅުން އާންމު ރައްޔިތުންނަށް ދޭ އިރުޝާދުތަކާއި ލަފާތައް އާންމު ރައްޔިތުން ޤަބޫލުކޮށް އަމަލުކުރި މިންވަރަކުން ކަމަށެވެ.

އެގޮތުން ރާއްޖެއިން ބޭރުން ރާއްޖެއަންނަ ފަރާތްތަކަށްވެސް އަމަލުކުރަން އަންގާފައިވާގޮތަށް އަމަލުތައް ބެހެއްޓުމަށް ޑރ. މުރާދުވަނީ އެދިލައްވާފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ