އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 21/03/2020

ކޯވިޑް-19 އަށް ޕޮޒިޓިވްވި އިތުރު މީހަކު ބަލިން ރަނގަޅުވެއްޖެ

މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 21/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވި މީހަކު ބަލިން ރަނގަޅުވެއްޖެކަމަށް ސަރުކާރުން ދެންމެ ހާމަކޮށްފި އެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައ ޑރ. މުރާދު ވިދާޅުވީ މިއަދު ކޯވިޑް-19އިން ރާއްޖެއިން ރަނގަޅުވި މީހަކީ ކުރެއްދޫ ރިސޯޓުން އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔަ ބަލިމީހެއް ކަމަށެވެ.

މިއަދު އިތުރުމީހަކު ބަލިން ރަނގަޅުވުމާއެކު، ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދުވަނީ ތިނަކަށް އަރާފައެވެ.

ކޯވިޑް-19އިން މީހަކު ރަނގަޅުވިކަން ޑޮކްޓަރުން ޔަގީންކުރަނީ ދެފަހަރަށް ޓެސްޓް ހެދުމަށްފަހު ނަތީޖާ ނެގެޓިވްވުމުންނެވެ.

މިއަދު ކޯވިޑް-19އިން ރަނގަޅުވި މީހާ އެންމެފުރަތަމަ ވިލިވަރު އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުގަ އެވެ.

އަދި އޭނާގެ ހާލު ގޯސްނުވިނަމަވެސް މިމަހުގެ 18 ވަނަ ދުވަހާއި ހަމަޔަށް ފަރުވާ ދިނުމަށްފަހު ޓެސްޓް ހަދާފައިވާކަމަށް ޑރ. މުރާދުވަނީ ވިދާޅުވެފައެވެ.

އަދި 18 ވަނަ ދުވަހު ހެދި ޓެސްޓް ނެގެޓިވްވުމުން، އަނެއްކާވެސް އިއްޔެ އިތުރު ޓެސްޓެއް ހަދާފައިވާކަމަށް ޑރ. މުރާދުވަނީ ވިދާޅުވެފަ އެވެ.

ޑރ. މުރާދު ވިދާޅުވީ މިކަމުގައި އޮންނަ އުސޫލުގެ ދަށުން ބަލިން ރަނގަޅުވިނަމަވެސް،  އެމީހުން ދޫކޮށްނުލާ އިތުރަށް މޮނީޓަރ ކުރާނެ ކަމަށެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ