އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 21/03/2020

ކޮވިޑް-19 ގެ ފުރަތަމަ އަލާމާތަކަށް ހަޖަމު ކުރާ ނިޒާމުގެ މައްސަލަތައް ވުން އެކަށީގެންވޭ- ދިރާސާ

މި ހޯދުންތަކުން ދައްކައިދެނީ ވައިރަސް ޖެހިފައިވާ 48.5 އިންސައްތަ މީހުންގެ ބަނޑާއި ގޮހޮރާ ގުޅިފައިވާ އަލާމާތްތައް ފެންނަ ކަމަށެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 21/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ބައެއް މީހުންގެ ގައިން ޑައިރިއާފަދަ ހަޖަމު ކުރާނިޒާމުގެ މައްސަލަތައް، ކޮވިޑް-19 ގެ ފުރަތަމަ އަލާމާތަކަކަށް ފެނިދާނެކަމަށް ދިރާސާއަކުން ދައްކައިފިއެވެ. 

އަލަށް ފެނިފައިވާ ކޮރޯނާވައިރަސްގެ ވައްތަރެއް ކަމަށްވާ ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އަކީ ފުއްޕާމެއަށާއި، ނޭވާލާ ނިޒާމަށް ހަމަލާދޭ ވައިރަސްއެކެވެ. މި ވައިރަސް ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ކެއްސުން، ނޭވާލާން އުނދަގުވުން ހިމެނެއެވެ. އަދި މި އަލާމާތްތައް ގޯސް ވެއްޖެނަމަ މޭގައި ރިއްސުން، ނިއުމޯނިއާ އަދި ނޭވާ ލާން އުނދަގުވުން ކުރިމަތިވެއެވެ. 

މި ވައިރަސްއާ ގުޅޭގޮތުން އާ މައުލޫމާތު ހޯދުމަށް ސިއްހީ މާހިރުން މަސައްކަތް ކުރަމުން ދާއިރު، މި ވައިރަސް ޖެހުމުން ފެންނަ އަލާމާތްތައް ދަނީ އިތުރުވަމުންނެވެ.

އެގޮތުން އެމެރިކަން ޖާރނަލް އޮފް ގެސްޓްރޮއެންޓުރޮލޮޖީގައި ޝާއިއު ކޮށްފައިވާ ހޯދުންތަކެއްގައި ވަނީ ޗައިނާގެ ހުބޭ ޕްރޮވިންސްގައި ކޮވިޑް-19 ޖެހިފައިވާ 204 ޕޭޝަންޓުންގެ މައުލޫމާތުތައް ބަލާފައެވެ. މި ޕޭޝަންޓުންގެ ތެރެއިން 48.5 އިންސައްތަ މީހުން ހޮސްޕިޓަލްއަށް ގޮސްފައިވަނީ ފާހަނައަށް ދެވުން، ހޮޑުލެވުން އަދި ބަނޑުގައި ރިއްސުން ފަދަ ހަޖަމު ކުރާ ނިޒާމުގެ މައްސަލަތައް ކުރިމަތި ވެގެންނެވެ. 

މި ހޯދުންތަކުގައި ބުނެފައިވަނީ ކޮވިޑް-19 ޖެހިފައިވާ މީހުންގެ ނޭވާލާ ނިޒާމުގެ އަލާމާތްތައް ފެނުމުގެ ކުރިން ހަޖަމުކުރާ ނިޒާމުގެ އަލާމާތްތައް ފެނިދާނެކަމަށެވެ. އަދި ހަޖަމުކުރާ ނިޒާމުގެ އަލާމާތްތައް ފެނިފައިވާ މީހުންގެ ހާލަތު އެހެން ޕޭޝަންޓުންނަށް ވުރެ ގޯސްކަމަށްވެސް މި ހޯދުންތަކުގައި ބުނެފައިވެއެވެ.

މި ހޯދުންތަކުން ދައްކައިދެނީ ވައިރަސް ޖެހިފައިވާ ބައެއް މީހުންގެ ބަނޑާއި ގޮހޮރާ ގުޅިފައިވާ އަލާމާތްތައް ފެންނަ ކަމަށެވެ. އަދި އިތުރު ހޯދުންތަކުން ދައްކާގޮތުގައި ޔޫއެސްގައި ފުރަތަމަ ކޮވިޑް-19 ޖެހިފައިވާ ޕޭޝަންޓު ގައިން ހޮސްޕިޓަލުގައި ބާއްވާފައިވާ ދެވަނަދުވަހު ފެނިފައިވާ އަލާމާތްތަކުގެ ތެރޭގައި ފާހަނައަށް ދެވުން އަދި ބަނޑުގައި ރިއްސުން ހިމެނޭކަމަށެވެ. މީގެއިތުރުން ނަޖިހުގައިވެސް ވައިރަސް ހުންނަ ކަމަށް ހޯދުންތަކުން ދައްކައެވެ.

މި އަލާމާތްތައް ކުރިމަތިވާ ސަބަބު ހޯދުމުގެ ގޮތުން އިތުރަށް ދިރާސާ ކުރަން ޖެހިފައިވާއިރު، މިހޯދުންތަކުގައި ބުނެފައިވަނީ ކޮވިޑް-19 ޖެހިފައިވާ ޕޭޝަންޓުންގެ އަލާމާތްތަކުގެ ތެރޭގައި ހަޖަމުކުރާ ނިޒާމުގެ އަލާމާތްތައް ފެންނަނަމަ، އަލާމާތްތައް އިތުރަށް ގޯސްވުމާއި ޕޭޝަންޓްގެ ހާލު ދެރަ ވާކަމަށެވެ. އަދި މިފަދަ ކޭސްތަކުގައި މަރުވުމުގެ ފުރުސަތު ވާކަމަށްވެސް ބުނެފައިވެއެވެ. 

ބައެއް މީހުންގެ ގައިން ނޭވާލާ ނިޒާމުގެ އަލާމާތްތައް ފެނުމުގެ ކުރިން ހަޖަމުކުރާ ނިޒާމުގެ އަލާމާތްތައް ފެންނަނަމަ އެކަމަށް ސަމާލުކަން ދޭން ބުނެފައިވެއެވެ. ހަމައެއާއެކު މި ފަދަ އަލާމާތްތަކަށް ސަމާލުކަން ދިނުމުން ވައިރަސް ޖެހިފައިވާކަން ލަސް ނުވެ ހޯދޭނެކަމަށާއި، އަދި ލަސްނުކޮށް މި ކަމަށް ފަރުވާ ހޯދަން ފެށޭނެކަންވެސް ފާހަގަ ކޮށްފައިވެއެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ