އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 20/03/2020

އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ހެޔޮ ނިޔަތެއްގައި ކުރާ މަސައްކަތެއްކަން ޤަބޫލުކުރައްވާ: ޑރ. ލަތީފް

މިރޭ ދަރުބާރުގޭގައި ކުރިއަށް ދިޔަ ޕްރެސް ކޮންފަރެންސްގެ ތެރެއިން
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 20/03/2020

Coronavirus COVID-19 Dr Ali Latheef
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޯވިޑް-19އާއި ގުޅިގެން ސިއްހީ އެހީތެރިންކުރަމުންދަނީ ހެޔޮނިޔަތެއްގައި ރަނގަޅަށްކުރާ މަސައްކަތެއްކަމަށާއި، އެކަން ޤަބޫލުކުރުމަށް ޑރ. އަލީ ލަތީފު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވްވި މީހަކު ބަލިން ރަނގަޅުވުމާއި ގުޅިގެން މިރޭ ކުރިއަށްދިޔަ ޕްރެސް ކޮންފަރެންސްގައި ޑރ. ލަތީފް ވިދާޅުވީ އިޖީއެމްއެޗް ހޮސްޕިޓަލްގައި ކޯވިޑް-19ގެ އެއްވެސް ބަލިމީހެއް އެޑްމިޓް  ކުރެވިއްޖެނަމަ އެކަން ހިއްސާކުރާނެކަމަށެވެ.

ޑރ. ލަތީފް ވިދާޅުވީ އެބޭފުޅުން މިހާރު ކުރައްވަމުންގެންދަވާ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން ވާހަކަދެއްކުމަކީ އެބޭފުޅުންނާއިމެދު އޮތް ޕަބްލިކް ކޮންފިޑެންސް ގެއްލިގެންދާނޭކަމެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. 

ހަމައެހެންމެ އައިސޮލޭޓް ކުރުމާއި ކަރަންޓީން ކުރުމަކީ މި ބަލިން ސަލާމަތްވުމަށް ވަރަށް މުހިންމު ކަމެއް ކަމަށާއި، އަދި އެއީ މުޅި ރާއްޖޭގައި ވެސް ބަލި ފެތުރުން ހުއްޓުވަން އޮތް ވަރަށް މުހިންމު ކަމެއް ކަމަށް ޑރ. ލަތީފްވަނީ ވިދާޅުވެފަ އެވެ.

ޑރ. ލަތީފްވަނީ ހުރިހާ މީޑިއާތަކެއްގެ ކިބައިންވެސް ދޮގު މައުލޫމާތުތައް ނުފެތުރުމަށް އަދިވަޑައިގެންފައެވެ. އަދި އެފަދަ މައުލޫމާތުތައް ފެތުރުމަކީ ބަލިމީހާގެ އާއިލާއާއި ޑޮކްޓަރުންގެ ދެމެދުގައި އޮތް އިތުބާރު ގެއްލުމަކީ ވެދާނޭކަމެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19އިން ރާއްޖެ ސަލާމަތް ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ތަބާވެ، އެއްބާރުލުން ރައްޔިތުންދެމުންދާތީ މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ.

މިކަމުން ސަލާމަތްވުމުގެ އުއްމީދު ވަރަށް ބޮޑު ކަމަށާއި ބަލި ރާއްޖޭގައި ފެތުރޭނެ ކަމަށް އަންދާޒާކުރި މިންވަރަށްވުރެ މަދުން ރާއްޖޭގައި ބަލި ފެންނަމުންދާކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މި ބައްޔާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ސިއްރު ނުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ބަލިން މުޅި ގައުމު ސަލާމަތް ކުރުމަށް ވަރުބަލި ކަމެއް ނެތި މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ