އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 20/03/2020

ކޮވިޑް-19 ގެ ސަބަބުން އެންމެ ގިނަ މީހުން މަރުވި ގައުމަކަށް އިޓަލީ ވެއްޖެ

ކޮވިޑް-19 ޖެހިފައިވާ 245،000 މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ރިޕޯޓުކުރެވިފައިވާއިރު އޭގެ ތެރެއިން 88،000 މީހުން ވަނީ ބަލިން ސަލާމަތްވެފައެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 20/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 ގެ ސަބަބުން އިޓަލީގައި މަރުވި މީހުންގެ އަދަދު ވަނީ 427 އަށް އަރާ، ޖުމްލަ އަދަދު 3،405 އަރާފައެވެ. 

ޗައިނާ ވައްޓާލާ ކޮވިޑް-19 ގެ ސަބަބުން އެންމެ ގިނަ މީހުން މަރުވި ގައުމަކަށް އިޓަލީ ވެއްޖެ ކަމަށް އެގައުމުގެ އޮފިޝަލުން ބުރާސްފަތި ދުވަހު އިއުލާނުކޮށްފައިވެއެވެ. ނަމަވެސް ބުރާސްފަތި ދުވަހު އިޓަލީގައި މީހުން މަރުވި އަދަދަކީ އޭގެ ކުރީ ދުވަހާއި އަޅާ ބަލާއިރު މަދު އަދަދެކެވެ. 

އިޓަލީގައި މިވަގުތު 60 މިލިއަން މީހުން ކަރަންޓީން ކުރެވިފައި

އިޓަލީގައި ބުރާސްފަތި ދުވަހު އިތުރު 5،322 މީހުންވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. 

އެގައުމުގައި ރިޕޯޓު ކުރެވުމުންދާ ކޭސްތައް އިތުރުވަމުން ދާތީ ޗައިނާއިން އަމަލު ކުރި ގޮތަށް، އިޓަލީގައި 60 މިލިއަން މީހުން ވަނީ ސިޓީތަކުގައި ކަރަންޓީންގެ ހާލަތުގައި ބެހެއްޓިފައެވެ. 

ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮވިޑް-19 އާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަންނަނީ އަޅަމުންނެވެ. އެގޮތުން ސްކޫލްތައް ބަންދުކޮށް، މީހުން އެއްވުން މަނާކޮށް، ސިޓީތައް ލޮކްޑައުން ކުރުމުގެ އިތުރުން ދެގައުމު ގުޅޭ ބޯޑަރުތައް ބަންދުކުރުންވެސް މިފިޔަވަޅުތަކު ތެރޭގައި ހިމެނެއެވެ.

ކޮވިޑް-19 ޖެހިފައިވާ 245،000 މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ރިޕޯޓުކުރެވިފައިވާއިރު އޭގެ ތެރެއިން 88،000 މީހުން ވަނީ ބަލިން ސަލާމަތްވެފައެވެ. އަދި މިނުރައްކާތެރި ބަލީގެ ސަބަބުން 10،000 މީހުން ވަނީ މަރުވެސް ވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ