އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ނަބީލް އިބްރާހިމް ޝާއިޢު ކުރީ 19/03/2020

ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެތުރުނު ވޫހާން އިން އިއްޔެ އެއްވެސް ކޭސްއެއް ރިޕޯޓެއް ނުކުރޭ

ވޫހާން ހިމެނޭ ހޫބޭ ޕްރޮވިންސްގެ ހެލްތު ކޮމިޝަންއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބުދަ ދުވަހު އެއްވެސް އައު ކޭސްއެއް ރިޕޯޓުކޮށްފައި ނުވާކަމަށެވެ.
Nabeel Ibrahim Avatar
ނަބީލް އިބްރާހިމް

ޝާއިޢު ކުރީ: 19/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ކޮރޯނާވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވޫހާންގައި މިއަހަރު ފުރަތަމަ ފަހަރަށް ކޮވިޑް-19 ރިޕޯޓު ނުކުރާ ދުވަހަކަށް 18 މާރޗް 2020 ވެއްޖެއެވެ. މިއީ މިވައިރަސް ހުއްޓުމަކަށް ގެނެވޭނެ ކަމުގެ ފެހި ސިގްނަލްއެއް ގޮތުގައި ގިނަ ބަޔަކު އަންނަނީ ދެކެމުންނެވެ.

ވޫހާން ހިމެނޭ ހޫބޭ ޕްރޮވިންސްގެ ހެލްތު ކޮމިޝަންއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބުދަ ދުވަހު އެއްވެސް އައު ކޭސްއެއް ރިޕޯޓުކޮށްފައި ނުވާކަމަށެވެ. ނަމަވެސް 8 މީހުން ވަނީ މިވައިރަސްގެ ސަބަބުން މަރުވެފައެވެ.

މިއީ ކޮވިޑް-19 އާއި ދެކޮޅަށް ކުރާ ހަނގުރާމާގައި ލިބުނު ބޮޑު ކާމިޔާބީއެކެވެ. މިވައިރަސް މިހާތަނަށް ވަނީ 200،000 އަށް ވުރެ ގިނަ މީހުންގެ ގައިން ފެނި ރިޕޯޓުކޮށްފައެވެ. އަދި އެ މުއްދަތުގައި 9،000 އާ ގާތް އަދަދަކަށް މީހުންވެސް ވަނީ މަރުވެފައެވެ.

ނޮވެލް ކޮރޯނާވައިރަސް ފުރަތަމަ ހޫބޭ ޕްރޮވިންސްގައި ފެތުރުނު އިރު ކޮންމެ ދުވަހަކު އެތަކެއް ހާސް ކޭސްއެއް ރިޕޯޓުކުރެވުމުން އައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހޫބޭ ޕްރޮވިންސްއިން ދަތުރުފަތުރު ކުރުމުގެ ނިޒާމު ހުއްޓުމަކަށް ގެނެވި މުޅު އަވަށް ކަރަންޓީނު ކުރެވުނެވެ. އަދި މީހުން ގެއިން ނުކުތުންވެސް މަނާކުރެވުނެވެ.

ޗައިނާގައި ފާއިތުވި 24 ގަޑިއިރު ތެރޭ ރިޕޯޓުކުރެވިފައިވަނީ 34 ކޭސްކަން އެގައުމުގެ ހެލްތު ކޮމިޝަނުން މިއަދު ބުނެފައިވެއެވެ. އަދި މިހުރިހާ ކޭސްއަކީ ވެސް އެހެން ގައުމުތަކުން އެތެރެވެފައިވާ މީހުން ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

ދިވެހިރާއްޖޭގައި މިހާތަނަށް 13 މީހަކު ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި ރާއްޖޭގެ ފަސް ސަރަހައްދެއްގައި މިވަގުތު 169 މީހުން ވަނީ އެކަހެރި، ކަރަންޓީން ނުވަތަ އެޑްމިޓް ކުރެވިފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ