އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ ފާތިމަތު އުލާ ޝާއިޢު ކުރީ 19/03/2020

ކޮރޯނާވައިރަސް ވައިގެ ތެރޭގައި ގަޑިއިރުތަކަކަށް، ތަންތާ މަތީ ދުވަސްތަކަކަށް ދިރިހުރޭ: ދިރާސާ

ކޮވިޑް-19 ނަމަކަށް ކިޔާ ނޭވާލާނިޒާމަށް ޖެހެމުން އަންނަ މި ވައިރަސްއިން ސަލާމަތްވުމަށް އެހީ އަކަށް ވާނެ ކަމަށް ގަބޫލު ކުރެވޭ މި ހޯދުންތަކުގައި ބުނެފައިވަނީ ވައިގެ ތެރޭގައި ގަޑިއިރުތަކެއް ވަންދެން ހުންނަ އިރު، ތަންތަނުގައި ދުވަސްތަކެއް ވަންދެން ވައިރަސް ހުންނާނެ ކަމަށެވެ.
Fathimath Ula Avatar
ފާތިމަތު އުލާ

ޝާއިޢު ކުރީ: 19/03/2020

Research Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޑަބްލިއުއެޗްއޯއިން ޕެންޑެމިކްއެއްކަމަށް ނިންމާފައިވާ ކޮރޯނާވައިރަސް ނުރައްކާތެރިކަމާއެކު ވައިގެ ތެރޭގައި އަދި ތަންތަނުގައި ތިކިތަކެއް ފަދައިން ހުންނާނެކަމަށް އައު ހޯދުންތަކުން ދައްކައިފިއެވެ. 

ކޮވިޑް-19 ނަމަކަށް ކިޔާ ނޭވާލާނިޒާމަށް ޖެހެމުން އަންނަ މި ވައިރަސްއިން ސަލާމަތްވުމަށް އެހީ އަކަށް ވާނެ ކަމަށް ގަބޫލު ކުރެވޭ މި ހޯދުންތަކުގައި ބުނެފައިވަނީ ވައިގެ ތެރޭގައި ގަޑިއިރުތަކެއް ވަންދެން ހުންނަ އިރު، ތަންތަނުގައި ދުވަސްތަކެއް ވަންދެން ވައިރަސް ހުންނާނެ ކަމަށެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒަސް ގެ ސައިންޓިސްޓުން ވަނީ ވައިރަސް ޖެހިފައިވާ މީހަކު ކެއްސުމުން ނުވަތަ ތަންތަނުގައި އަތްލުމުން މި ވައިރަސް ހަރުލާގޮތަށް ހެދުމަށް ފަހު ޓެސްޓް ކޮށްފައެވެ. އެގޮތުން ވަސީލަތެއް ބޭނުންކޮށްގެން މި ތިކިތައް ކެއްސުމުން ނުވަތަ ކިނބިހި އެޅުމުން ފެތުރޭނެ ގޮތަށް ހެދުމަށްފަހު މި ޓެސްޓްތައް ވަނީ ހަދާފައެވެ.

އެގޮތުން މި ސައިންޓިސްޓުންވަނީSARS-CoV-2  ތަންތަނުގައި ހުންނަނީ ކިހާ މުއްދަތަކަށްތޯ އަދި މި ވައިރަސް އެ މުއްދަތުގެ ތެރޭގައި ނުރައްކާތެރިކޮށް ހުންނަނީ ކިހާ ދުވަހަކަށްތޯ ބަލާފައެވެ. 

މި ޓެސްޓްތަކުން ދައްކާގޮތުގައި ކެއްސާ ކިނބިހި އެޅުމުން މި ވައިރަސް ތިކިތަކެއްގެ ޒަރިއްޔާއިން ވައިގެ ތެރޭގައި ނުރައްކާތެރިކަންމަތީ 3 ގަޑިއިރު ވަންދެން ހުރެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މި ވައިރަސް އެހެންމީހުންނަށް ޖެހުމުގެ ފުރުސަތުވެސް އޮވެއެވެ.

ތަންތަން މަތީގައި ހުންނަ މުއްދަތު ބެލުމުން އެނގިފައިވަނީ ޕްލާސްޓިކް ނުވަތަ ސްޓެއިންލެސް ސްޓީލްގައި މި ވައިރަސް 3 ދުވަސް ވަންދެން ހުންނަ ކަމަށެވެ. އަދި ކޮޕާ (ރަތުލޯ) ގައި 4 ގަޑިއިރުފަހުން ވައިރަސްގެ ނުރައްކާތެރިކަން ކެނޑެއެވެ. ނުވަތަ ވައިރަސް އިންއެކްޓިވްވެއެވެ. ހަމައެއާއެކު ކާޑްބޯރޑްގައި 24 ގަޑިއިރު ފަހުން މި ވައިރަސް ފެތުރުން ހުއްޓެއެވެ.

އަދި ވައިރަސް މިހެން ހުރުމުގެ ތެރޭގައި ތިކިތަކުގެ ތެރެއިން އެއްބައި ތިކިތައް 66 މިނިޓު ފަހުން އިންއެކްޓިވް ވާކަމަށްވެސް މި ހޯދުންތަކުން ދައްކައެވެ.

އެގޮތުން ސްޓެއިންލެސް ސްޓީލްގައި 5 ގަޑިއިރާ 38 މިނިޓު ތެރޭގައި މި ވައިރަސް ތިކިތަކުގެ ތެރެއިން އެއްބައި ތިކިތަކުގެ ނުރައްކާތެރިކަން ކެނޑެއެވެ. އަދި ޕްލާސްޓިކުގައި 6 ގަޑިއިރާއި 49 މިނިޓުތެރޭގައި ބައެއް ތިކިތަކުގެ ނުރައްކާތެރިކަން ކެނޑޭއިރު ކާޑްބޯރޑްގައި 3 ގަޑިއިރާއި 30 މިނިޓުނަގައެވެ. 

މީގެތެރެއިން އެންމެ އަވަހަށް މަސައްކަތްކޮށްފައިވަނީ ކޮޕާގައެވެ. ކޮޕާގައި 46 މިނިޓުތެރޭގައި ބައެއް ތިކިތަކުގެ ނުރައްކާތެރިކަން ކެނޑެއެވެ، ނުވަތަ ވައިރަސް އިންއެކްޓިވްވެއެވެ. އެހެންނަމަވެސް މިގަޑިއަށް އަދި މި ހޯދުންތަކަށް ބަދަލު އައިސްދާނެކަން ހަނދާންކޮށް ސަމާލުވެގެން ތިބުމަށް ހޯދުންތެރިން ވަނީ އިލްތިމާސް ކޮއްފައެވެ. 

އެކްސްޕެރިމެންޓްއެއްގެ ގޮތުގައި މި ސައިންޓިސްޓުންވަނީ SARS-CoV-2 ގެ އިތުރުން SARS-CoV-1 ވެސް މިފަދައިން ޓެސްޓް ކޮށްފައެވެ. ޓެސްޓް ކުރުމުން SARS-CoV-1 އިންވެސް ފެންނަނީ ހަމަ އެއް ނަތީޖާއެކެވެ. 

އެގޮތުން މި ހޯދުންތަކުން އެނގިފައިވަނީ މި ދެ ވައިރަސް ތަފާތުވަނީ އެހެން ކަންކަމުގެ ސަބަބުންކަމަށާއި SARS-CoV-2 ޖެހުމުން އަލާމާތްތައް ނުފެނި އެކަކު އަނެކަކު ގަޔަށް ވައިރަސް ދާކަމަށް ވެސް ހޯދުންތަކުން ދައްކައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ