އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 19/03/2020

ޕެރަޑައިސް އައިލެންޑް ރިސޯޓުގެ 10 މީހެއްގެ ގައިން ކޯވިޑް-19ގެ އަލާމާތްތައް ފެނިއްޖެ

މިއަދު މެންދުރު ދަރުބާރުގޭގައި ކުރިއަށް ދިޔަ ޕްރެސް ކޮންފަރެންސްގެ ތެރެއިން
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 19/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ތިބި 10 މީހެއްގެ ގައިން ކޯވިޑް-19ގެ އަލާމާތްތައް ފެނުމާއި ގުޅިގެން އެ ރިސޯޓު ވަގުތީގޮތުން ބަންދުކޮށްފި އެވެ.

ޕެރަޑައިސްއިން އަލާމާތްތައް ފެނުނު 10 މީހުން އެކަހެރިކޮށް ރަށް މޮނީޓަރކުރަމުން ގެންދާކަމަށް ސްޕޯކްސްޕާސަން މަބްރޫކް އަޒީޒްވަނީ ވިދާޅުވެފައެވެ.

މަބްރޫކް ވިދާޅުވިގޮތުގައި މިހާތަނަށް ޓެސްޓްހެދުމަށް ޖުމްލަ 517 މީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި އޭގެތެރެއިން މިހާތަނަށް ޕޮޒިޓިވްވެފައިވަނީ 13 މީހުންނެވެ.

މީގެއިތުރުން 502 މީހުން ނެގެޓިވްވެފައިވާއިރު 15 މީހުންގެ ޓެސްޓްގެ ނަތީޖާ އަދި ނުލިބޭކަމަށް ވަނީ ވިދާޅުވެފަ އެވެ.

މަބްރޫކް ވިދާޅުވިގޮތުގައި ޕެރަޑައިސްއިން އަލާމާތްތައް ފެނިފައިވަނީ އަށް ދިވެހިންނާއި ދެ ބިދޭސީއެއްގެ ފަރާތުންނެވެ. އަދި ޕެރެޑައިސް ރިސޯޓުގެ އިތުރުން ޝެލްވަކް ބްލޮންކްގައި ހުރި ބިދޭސީއެއްގެ ގައިންވެސް ބަލީގެ އަލާމާތްތައް ފެނިފައިވާކަމަށް މީގެކުރިން މަބްރޫކްވަނީ ވިދާޅުވެފައެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ