އިސްތިހާރު Advertisement -  Doctor_mv Advertisement -  Doctor_mv
ކެޓެގަރީ ޚަބަރު
ލިޔުނީ މަރްޔަމް ޢަދީލާ ޝާއިޢު ކުރީ 19/03/2020

ކޯވިޑް-19އަށް ޕޮޒިޓިވްވި އެންމެންގެވެސް ހާލު ރަނގަޅު

މިއަދު މެންދުރު ދަރުބާރުގޭގައި ކުރިއަށް ދިޔަ ޕްރެސް ކޮންފަރެންސްގެ ތެރެއިން
Mariyam Adheela Avatar
މަރްޔަމް ޢަދީލާ

ޝާއިޢު ކުރީ: 19/03/2020

Coronavirus COVID-19
ލިޔުން ޝެއަރކުރައްވާ
އިސްތިހާރު Advertisement -  Docto_mv

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒޓިވްވި 13 މީހުންގެ ހާލުވެސް ރަނގަޅުކަމަށް ޑރ. ނަޒްލާ ވިދާޅުވެއްޖެއެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޓެސްޓްކުރުމަށް ޖުމްލަ 517 މީހުންގެ ސާމްޕަލް ނަގާފައިވާއިރު، އޭގެތެރެއިން މިހާތަނަށް ޕޮޒިޓިވްވެފައިވަނީ 13 މީހުންނެވެ. 

ޕޮޒިޓިވްވި 13 މީހުންގެ ތެރެއިންވެސް ހާލުއިތުރަށް ގޯސްވެފައވަނީ އެންމެ މީހެއްގެ އެވެ. އަދި ހާލުގޯސްވި މީހާ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާދިނުމަށްފަހު އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަކަމަށް މީގެކުރިން ސަރުކާރުން ވަނީ ބުނެފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒްލާ ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ ހާލު ރަނގަޅު ނަމަވެސް އާންމު އުސޫލެއްގެ ދަށުން ރަނގަޅުވާ މީހުން ދޫކޮށްލެވޭނީ ހުރިހާ އަލާމާތްތަކެއް އެއްކޮށް ރަނގަޅުވެ، އަދި އިތުރަށް ދެ ޓެސްޓު ކުރުމަށްފަހުގައި ކަމަށެވެ.

އެހެންކަމުން މިހާރު ކުރިއަށްދަނީ އެ މަސައްކަތްކުރުމުގެ މަރުހަލާކަމަށް ޑރ. ނަޒްލާ ވަނީ ވިދަޅުވެފައެވެ.

ރާއްޖެއިން މިހާތަނަށް އެއްވެސް ދިވެއްސެއް ކޯވިޑް-19އަށް ޕޮޒިޓިވްވެފައެއް ނުވެއެވެ. އަދި ރާއްޖެއިން މިހާތަނަށް މިވައިރަހަށް ޕޮޒިޓިވްވި އެންމެންވެސް ޕޮޒިޓިވްވެފައިވަނީ ޓްރެވަލްކުރުމާއި ގުޅިގެންކަމަށް ނަޒްލާވަނީ ވިދާޅުވެފަ އެވެ.

އިސްތިހާރު Advertisement -  Docto_mv Advertisement -  Docto_mv
ތިބާގެ ޚިޔާލު
މި ލިޔުމަށް ލިބިފައިވާ ކިޔުންތެރިންގެ ޚިޔާލު (0)
ގުޅުންހުރި ލިޔުންތައް
ފަހުގެ ލިޔުންތައް
ލިޔުން ޝެއަރކުރައްވާ